ޚަބަރުސިޔާސީ

އެޗްޕީއޭ އެކްޓިވޭޓްވެ އަލަމްގިރި އަށް ޒިޔާރަތްކުރި މީހުން ޓްރޭސިން ހަދަންޖެހޭ: ޝިޔާމް

މިވަގުތަކީ އެޗްޕީއޭ އެކްޓިވޭޓްވެ އަލަމްގިރި އަށް ޒިޔާރަތްކުރި މީހުން ޓްރޭސިން ހަދަންޖެހޭ ވަގުތުކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ މަކުނު ވިދުރީގެ 16،000 އަށް ވުރެ ގިނަ ކޭސް 75 ގައުމަކުން ފެނި އަދި އެ ބަލީގައި ފަސް މީހަކު މަރުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ހާމަކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޝިޔާމްގެ ޓްވީޓްގައި ވިދާޅުވީ ޑަބްލިޔު.އެޗް.އޯގެ މިކަންބޮޑުވުމާއި އެކީ 2 ކަމެއް މިހާރުން މިހާރަށް ކުރަންޖެހޭކަމަށެވެ.

ފުރަތަމަ ކަމަކީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)‬⁩ އެކްޓިވޭޓުވެ މަދުވެގެން އަލަމްގިރިޔަށް ޒިޔާރަތްކުރި ފަރާތްތަކުގެ ޓްރޭސިން ހެދުން ކަމުގައިޝިޔާމް ވިދާޅުވިއެވެ.

އަދި ދެވަނަ ކަމެއްގޮތުގައި ޝިޔާމް ވަނީ ފުލުހުންއެ އެންމެން ހިފާހައްޔަރުކޮށް ތަޙުޤީގު ހިންގާ ޙައްޤު އަދަބުދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ރިޕޯޓްތަކުން ދައްކާ ގޮތުގައި މަކުނު ވިދުރި އެންމެ ބޮޑަށް ޖެހެނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ފަރާތުންނެވެމިހާތަނަށް ބަލި ޖެހިފައިވާ 98 އިންސައްތަ މީހުންނަކީ މި ގްރޫޕަށް ނިސްބަތްވާ މީހުންނެވެ.

ޝިޔާމް މިފަދައިން ވިދާޅުވެފައި ވާއިރު މި ދުވަސްވަރަކީ ރާއްޖޭގައި އެއް ޖިންސުން ގުޅުން ހިންގުން އާންމުވެފައިވާ ދުވަސްވަރެކެވެ.

ދާދިފަހުން އެތައް ދިވެހިންނާއި އެކު ރާއްޖޭގައި އެއްޖިއްސުން ގުޅުން ހިންގި މައްސަލައިގައި  ހިމެނޭ ބަންގްލަދޭޝްގެ ރައްޔިތެެއް ކަމަށްވާ  އަލަމްގީރް ހައްޔަރުކޮށްފައިވާއިރު އޭނާގެ ތަހުޤީޤުން އެނގިފައިވާ ގޮތުގައި އޭނާ 200 އެތައް ބަޔަކާ އެ ގުޅުން ހިންގާފައިވާކަން ވަނީ ހާމަވެފައެވެ.

މިކަމާއި ގުޅިގެން އެފަރާތްތައް ދެނެގަނެ އެފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަށް އެތައްބަޔަކު އަންނަނީ ގޮވާލަމުންނެވެ.

އެހެންނަމަވެސް އަލަމްގިރް ފިޔަވާ މި މައްސަލައިގައި އިތުރު ފަރާތެއް ހައްޔަރުކޮށް ތަހުޤީޤެއް އަދި ފަށާފައެއް ނުވެއެވެ.

އަލްމގިރްވެސް ހައްޔަރުކޮށްފައިވަނީ އެއް ޖިންސުން ގުޅުން ހިންގައި އަދި އެ މަންޒަރުތައް ވީޑިއޯކޮށް އެ މީހުން ބްލެކްމެއިލް ކުރި މައްސަލައިގައެެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button