އިއްޔެ ހެނދުނުން ފެށިގެން ސޯޝަލް މީޑިއާގައި ”ވަގު އިބޫ“ ހޭޝްޓެގާއި އެކު އެތައް ހާސް ޓްވީޓް ތަކާއި ފޭސްބުކް ޕޯސްޓް ތަކެއް ދައުރުކުރަން ފަށައިފިއެވެ.
ސޯޝަލްމީޑިއާ ކެމްޕޭނެއް ގޮތުގައި ”ވަގު އިބޫ“ ހޭޝްޓެގް ދައުރުވަމުންދާއިރު އެކި ފަރާތްތަކުން ދަނީ މިސަރުކާރު ފެށިގެން މިއަދާއި ހަމަޔަށް ދަޢުލަތުން ކޮށްފައިވާ ވައްކަމާއި، ޚިޔާނާތުގެ ވާހަކަތައް ހިއްސާކުރަމުންނެވެ.
Even Twitter algorithm knows what's up. #VaguIbu pic.twitter.com/TmJFyCLOl4
— Hamdhan Shakeel (@HamdhanShakeel) July 23, 2022
އެގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރެވޭ އެކި ތުހުމަތުތަކާއި ގުޅޭ ޓްވީޓްތައް ފެނިގެންދެއެވެ.
ބޮއެގެންވިލާ ކާޓެލް ގެ ޑޮން ފައްޔާޒު މިހާރު ގުޅިފަޅުގެ ބިންތަށް އިންޑިއާގެ އަދާނީ ގުރޫޕަށް ވިއްކާ ހުސްކޮށްފި، #VaguIbu އާއި ބައި އަޅައިގެންކުރާ ވައްކަން ހައްތަހާވެސް
— Nabyl Xamyl (@Nabyl_xamyl_) July 22, 2022
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން 37 މިލިއަން ރުފިޔާ އާއި ކޮވިޑް19 ގެ ޕެންޑެމިކް ތެރޭގައި 333 މިލިއަން ރުފިޔާގެ ޚިޔާނާތް ވެފައިވާކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ.
Who remembers the MVR 333 million stolen by #VaguIbu during the pandemic?
— Hamdhan Shakeel (@HamdhanShakeel) July 22, 2022
މީގެ ތެރޭގައި ކޮވިޑް19 ގައި ސަރުކާރުން ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ ވެންޓިލޭޓަރުގެ ކޮރަޕްޝަނާއި، އޮކްސިޖަން ސިލިންޑަރުތަކުން ހިންގި ކޮރަޕްޝަންގެ ވާހަކަ އަށް އަލިއަޅުވާލާފައި ވެއެވެ.
#VaguIbu utilized the #Covid19 pandemic to scrape as much as he can from public funds.
— shahilmueen (@shahilmueenn) July 22, 2022
ސަރުކާރުން ކޮރަޕްޝަން އިންތިހާއަށް ހިންގަމުން ސިޔާސީ އެތައް މަޤާމްތަކެއް އުފައްދައި، ރައީސް ސޯލިހުގެ އާއިލީ ފަރާތްތަކަށް ބޮޑެތި މުސާރަތައް ދެމުންދާއިރު، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި، ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކުރަމުންދާކަމަށް ބުނެ އެތައް ހާސް ޓްވީޓްތަކެއް ވަނީ ކޮށްފައެވެ.
On top of all the vakkans
Ibu Solih stole my flat from me. Not only mine but of 1000 zuvaanun ge flats.The flats which @prz_ymn and @MuizzuMayor gave to all the alathu kaiveni couples during their tenure. We will never forget. #VaguIbu— Malsha (@malshasharyf) July 22, 2022
ރައީސް ޞާލިޙާމެދު ނުރުހުން ފާޅުކޮށް, “ވަގުއިބޫ“ ހޭޝްޓެގް ބޭނުން ކުރަމުންދާ މީހުން އިއްޔެއާއި މިއަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ކޮވިޑް ފެސިލިޓީ ގާއިމް ކުރުމުގެ ނަމުގައި #VaguIbu ދައުލަތުގެ ބަޖެޓުން 2.8 ބިލިއަން ރުފިޔާ (2,800,000,000) ވަގަށް ނަގާފައިވޭ. ނަމަވެސް ކޮވިޑް ހާލަތު އެންމެ ގޯސްވިއިރު އެތައް ސަތޭކަ ނިކަމެތި ރައްޔިތުން ފަރުވާ ނުދެވި ނިޔާވެގެން ދިޔައީ ހުޅުމާލޭގައި ހެދި “ކޮވިޑް ގުދަން” ތެރޭގައި.
— Pokman 🇲🇻 (@PokmanMV) July 22, 2022
އެ ޓެގް ބޭނުންކުރާ މީހުން ބުނާ ގޮތުގައި ރާއްޖޭގެ ތާރީޚުގައިވެސް އިޤްތިޞާދީ ގޮތުން ދަށަށް ނުދާވަރަށް ރައީސް ޞާލިޙްގެ ވެރިކަމުގައި އިޤްތިޞާދީ ހާލަތު ވަނީ ދަށަށް ގޮސްފައެވެ.
މަތި މައްޗަށް ބަރިބަރިއަށް ފަތިފައްޗަށް ވަގަށް ގޮވިޔަސް ހަމަ ތިބޭފުޅާގެ ވެރިކަމުގަ ގަޓު ކަންމަތީ މައުސޫމުކަން ސާބިތު ކޮއްދީފަ @prz_ymn ކޯޓުން ނުކުތީ. ބާކީ އޮތީ 1އަހަރު. ގޮޅިތައް ބޮޑުކުރޭ. އަސްލު ވަގުންނަށް ހުކުމް ކުރާނެ ދުވަސް މާކަ ދުރަކުނެތް. #VaguIbu https://t.co/TLdLFxsz8o
— Soofi (@maaaaash17) July 23, 2022
ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ޤައުމަށް ލިބި އަންނަން އޮތް ޖީލުތަކާއި ހަމައަށް އެކަން ވާސިލްވާނެކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.
#VaguIbu rayyithun jeebuga huri vakilaarives feyren nukume eba ulhey! https://t.co/UECmc0qJAK
— Razzan Ibrahim (@RazzanMDV) July 23, 2022
”ވަގު އިބޫ“ ހޭޝްޓެގް ރާއްޖޭގެ ޓްރެންޑެއްގެ ގޮތުގައި ފެންނަން އޮތްއިރު މި ހޭޝްޓެގާއިއެކު 6 ހާހަށްވުރެ ގިނަ ޓްވީޓްތައް ވަނީ ކޮށްފައެވެ.