ޚަބަރުސިޔާސީ

ޢައިރު ގާނޫނީ އަމަލުކުރާކަމުގެ ތުހުމަތު ފުލުހުންގެ މައްޗަށް ކުރެވޭނަމަ އެކަމެއް ބެލެންޖެހޭނެކަމަށް މުހައްމަދު ޖަމީލް ވިދާޅުވެއްޖެ

އައިރު ގާނޫނީ އަމަލުކުރާކަމުގެ ތުހުމަތު ފުލުހުންގެ މައްޗަށް ކުރެވޭނަމަ، އެކަމުގެ ފުރިހަމަ ތަހުގީގެއް ކުރެވެން ވާނެ ކަމަށް ކުރީގެ ނައިބު ރައިސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންނަށް އައިރު ގާނޫނީ އަމަލްތަކުގެ ތުހުމަތު ކުރެވޭނަމަ، ލަސްނުކޮށްއެކަން ތަހްގީގު ކުރެވެން ވާނެކަމަށެވެ. އަދި އެ ނޫންނަމަ މުއައްސަސާއަކަށް އިތުބާރެއް ނުކުރެވޭނެކަމަށެވެ. އަދި ތަހްގީގް ފުރިހަމަވަންދެން ތުހުމަތުކުރެވޭ ފަރާތް މަސްއޫލިއްޔަތުން އެއްފަރާތް ކުރަންޖެހޭނެކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ.

ޖަމީލް މިފަދައިން ޓްވީޓްކޮށްފައި މިވަނީ، ރައީސް ޔާމީން ފްރޭމް ކުރުމަށް އޭސީޕީ ރިޔާޒް ދެއްކި ވާހަކަތަކެއްގެ އޯޑިއޯތަކެއް ލީކުވެފައިވާތީ، އެކަމާ ގުޅުވައިގެންނެވެ. އެއޯޑިއޯގައި އަޑުއިވޭގޮތުންނަމަ، ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދީފިނަމަ އޭގެ ބަދަލެއްގެ ގޮތުގައި ކުރީގެ ނައުބު ރައިސް އާއި އެމްއެމްޕީއާރސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށްދޭނެކަމަށް އޭސީޕީ ރިޔާޒު ހުށަހަޅައެވެ.

ހަމައެއާއެކު، ސަރުކާރުންވެސް ރައީސް ޔާމީނާ ދެކޮޅަށް ހެކި އުފަންކޮށް، ރައީސް ޔާމީން ޖަލަށް ލެވޭނެ ގޮތްތައް ހޯދައި ބަލައި، އެ މަގުން މަސައްކަތްކުރަމުންދާ ކަން މި ލީކުވި އޯޑިއޯއިން ވަރަށް ބޮޑަށް ހެކިދެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button