ޚަބަރުދުނިޔެ

ލޫލޫ މޯލްގައި ނަމާދުކުރުމުން ލީ ޖަލަށް

އިންޑިއާގެ ލަކްނައު ސިޓީގެ ލޫލޫ މޯލްގައި ނަމާދުކުރި ވީޑިއޯއަކާއި ގުޅިގެން 4 މީހަކު ޖަލަށް ލައިފިއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މި ވީޑިއޯއަކީ މިމަހުގެ 13 ވަނަ ދުވަހު އާންމުވެގެންދިޔަ ވީޑިއޯއެކެވެ. އަދި މި ވީޑިއޯއިން ފެންނަނީ 4 މީހަކު ނަމާދުކުރާތަނެވެ. މި ވީޑިއޯއާއި ގުޅިގެން ޖަލަށް ލާފައިވަނީ ޓީޗަރަކާއި 3 ދަރިވަރުންނެވެ. މި މައްސަލއާއި ގުޅޭގޮތުން އެ ސްޓޭޓުގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހައްޔަރުކުރެވުނީ މުހަންމަދު ލުކްމާން ނަމަކަށް ކިޔާމީހަކާއި, މުހައްމަދު ނުއުމާން, މުހައްމަދު ރީހާން, އަދި އާތިފް ހާން ކަމަށެވެ. މިމީހުންގެ ތެރެއިން ލުކްމާނާއި ނުއުމާނަކީ ކީރިތި ގުރުއާން ހިދުތަސް ދެ ހާފިޒުންނެވެ.

ލޫލޫ މޯލްގައި އެއްވެސް ދީނެއްގެ އަޅުކަން އަދާކުރުމަކީ މަނާކޮށްފައިވާ ކަމެކެވެ. އެހެން ނަމަވެސް ގިނަ ބަޔަކު އާދަކޮށް އެމޯލްތެރޭގައި މީގެ ކުރިންވެސް އެކި ދީންތަކުގެ އަޅުކަށް އަދާކުރެއެވެ. މޯލްގައި ނަމާދުކުރާ މީހުން ވަކިން ހައްޔަރުކޮށް ޖަލަށްލާން ފަށާފައިމިވަނީ އުއްތަރަޕްރަދޭޝްއަށް ކަނޑައަޅާފައިވާ ޗީފް މިނިސްޓަރ ޔޯގީ އަދިޔަނަންތް މޯލްގައި ނަމާދުގެ އަޅުކަން އަދާކުރުމާއިމެދު ހިންހަމަނުޖެހުން ފާޅުކުރުމާއި ހިސާބުން ފެށިގެންނެވެ. މިނިސްޓަރ އަދިޔަނަންތް ބުނެފައިވަނީ މޯލްގައި ނަމާދުކުރުމަކީ މޯލްގެ ހިއްފަސޭހަކަށް ގެއްލޭ ކަމެއް ކަމަށް ބުނެފައެވެ.

އޭގެ ފަހުން ލަކްނައު ސްޓޭޓުގެ ފުލުހުން ދަނީ ލޫލޫ މޯލްގައި ނަމާދުކުރާ މީހުން ސިލްސިލާކޮށް ހައްޔަރުކޮށް ބަންދުކުރަމުންނެވެ. އެގޮތުން އިސްވެދިޔަ 4 މިހުން ހައްޔަރުކުރެވުނު ދުވަހު މޯލްގައި ނަމާދުކުރަންތިބި އިތުރު 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި ހަމަ އެހެންމެ މިމަހުގެ 15 ވަނަ ދުވަހުވެސް ވަނީ މޯލްގައި ނަމާދުކުރަން ހުރި އިތުރު އެކަކު ހައްޔަރުކޮށްފައެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއީ ޗީފް މިނިސްޓަރ އަދިޔަނަންތުގެ ނުފޫޒުން ފުލުހުން ލައްވައި ކުރުވާ ކަމެކެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން އިންޑިއާގެ އެހެން ސްޓޭޓެއްގައި, ޔުނިވަސިޓީއެއްގެ ހުސްބިމެއްގައި ނަމާދުކުރި ޓީޗަރަކުވެސް ވަނީ ހައްޔަރުކޮށްފައެވެ. އިންޑިއާގައި މުސްލިމުންދާ ދެކޮޅަށް ހިންގޭ މިފަދަ ލާއިންސާނީ އަމަލުތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު, އެގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ނިސްބަތްވާ ވެރިކަންކުރާ ޕާޓީ ބީޖޭޕީއިން މިހާރުވެސް ގެންދަނީ ފާޅުގައި މުސްލިމުންނާއި ދެކޮޅަށް ނަފްރަތު އުފެއްދުމުގެ ބައިނަލްއަގްވާމީ ކެންޕެއިނެއް ކުރަމުންނެވެ. އަދި އެޕާޓީގެ އޮފިޝަލުން ތަކުރާރުކޮށް ލައިވް ޓީވީގައި އިސްލާމްދީނަށް ހަޖޫޖަހައި ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކުރަމުންދާއިރު, އިންޑިއާގެ ސަރުކާރުންވެސް އަދި ސަރުކާރު ޖަވާބުދާރީ ކުރުމަށް ގާއިމްކޮށްފައިވާ އިދާރާއަކުންވެސް އެކަމާ ފަރުވާލެއް ނުބަހައްޓައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button