ފާހިޝް އަމަލުތައް ހިންގާ މީހުންނަށް ފިޔަވަޅު އަޅާނަން: އިމްރާން
ފާހިޝް އަމަލުތައް ހިންގާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.
”ދީނުގެ ހުދޫދު ނެތިކޮށް، ގައުމުގެ އިޖުތިމާއީ ފޭރާން ވީދައި، ﷲ ގެ ކޯފާއަށް ގައުމު ހުށަހެޅޭފަދަ ހަޑިހުތުރު މުޑުދާރު ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށުމުން ޤާނޫނީ ހަމަތަކުގެ މަތިން އަޅަންޖެހޭ ފިޔަވަޅު އަޅުމަކީ އަޅުގަނޑު ނުކޮށް ދޫކޮށްލާނެ ކަމެއް ނޫން.“ އިމްރާން ވިދާޅުވިއެވެ.
Dheenuge hudhoodhu nethikoh, Qaumuge ijuthimaaee feyraan veedhai, Allah ge kofa ah qaumu hushahelheyfadha hadihuthuru mudhudhaaru faahish amaluthah lomachah thakuraaruvaan fesheemaa qaanoonee hamathakugemathin alhanvaa fiyavalhu elhumakee,IA alhugandu nukohdhookollane kamehnoon.
— Imran Abdulla (@ShimranAb) July 20, 2022
މިފަހަކަށް އައިސް އިމްރާންގެ ޓްވީޓްތައް ވަނީ އިތުރުވެފައެވެ. އަދި އަދާލަތު ޕާޓީގެ އިލްމުވެރިން މިފަހުން ވަރަށް ގިނަ ފާޑުކިއުން ތަކެއްވަނީ އިމްރާނަށް އަމާޒު ކޮށްފައެވެ.