
ސިޔާސީ މަސައްކަތް ކޮށް ސިޔާސީ މަންފާ އިތުރުކުރުމުގެ ނިޔަތް ނޫން އިތުރު ނިޔަތެއް އަދާލަތު ޕާޓީގައިވެސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ އެ ޕާޓީގެ ލީޑަރު ޝެއިޚް އިމްރާންގެ ވެސް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
ރާއީ މިފަދައިން ވިދާޅުވެފައި މިވަނީ ބަޔަކު މީހުން ކިތަންމެ ނުރުުހުނަސް އަދާލަތު ޕާޓީ އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށް އިމްރާން ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރާއީގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ސިޔާސީ މަސައްކަތް ކޮށް ސިޔާސީ މަންފާ އިތުރުކުރުމުގެ ނިޔަތް ނޫން އިތުރު ނިޔަތެއް އަދާލަތު ޕާޓީ އާއި އެ ޕާޓީގެލީޑަރު ގެވެސް ނެތްކަމަށެވެ.
އަދި އެކަން ކަމަށް އިމްރާންގެ މާޒީ ހެކިވެރިވާނެކަމަށާއި އަދާލަތު ޕާޓީ ވުޖޫދުގައި ނެތް ކަމުގައިވިޔަސް އިސްލާމްދީން ދެމި އޮންނާނެ ކަމުގައި ރާއީ ވިދާޅުވިއެވެ.
ސިޔާސީ މަސައްކަތް ކޮށް ސިޔާސީ މަންފާ އިތުރުކުރުމުގެ ނިޔަތް ނޫން އިތުރު ނިޔަތެއް،ތި ޕާޓީގައި ވެސް،ތި ޕާޓީގެ ލީޑަރު ހުދު މަނިކުފާނުގެވެސް ނެތެވެ، މަނިކުފާނުގެ މާޒީ އެކަންކަމަށް ހެކިވެރިވާނެއެވެ، އިންޝާﷲ ތިޔަ ޕާޓީ ވުޖޫދުގައި ނެތް ކަމުގައިވިޔަސް އިސްލާމްދީން ދެމި އޮންނާނެއެވެ.
— Mohamed Raee / Makunudhoo Constituency (@Mraee12) July 15, 2022
އިމްރާން ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ހަގީގަތަކީ ބަޔަކު ގަބޫލު ކުރެވުނަސް ނުކުރެވުނަސް ވޭތުވެދިޔަ ތިން އަހަރާއި ބަޔަށް ބެލިޔަސް ނޫނީ 2005 އިން ފެށިގެން މިހާތަނަށް ބެލިޔަސް އަދާލަތު ޕާޓީގެ އިލްމުވެރިންނަށްވުރެ ބޮޑަށް ދީނަށް ހިދުމަތް ކުރި ޕާޓީއެއްވެސް ނުވަތަ ޖިމާއަތެއްވެސް ރާއްޖޭގައި ނެތް ކަމަށެވެ.
މެންބަރު ރާއީގެ އިތުރުންވެސް އިމްރާން ގެ މި ޓްވީޓްތަކާއި ގުޅިގެން ގިނަބަޔަކު ދަނީ ސޯޝަލް މީޑިއާގައި އިމްރާނަށް ފާޑުކިޔުން އަމާޒު ކުރަމުންނެވެ.