ފުލުހުންގެ އަމުރަށް ޝެއިޚުންނަށް މުއްދަތު އިތުރުކުރުމުން އިޔާޒްގެ ނުރުހުން ޣާޒީންނަށް
ޖޫންމަހުގެ 21 ވަނަ ދުވަހު ކުރިއަށްދިޔަ ޔޯގާ ހަރަކާތް ހުއްޓުވާ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 2 ޝެއިޚުންނަށް ޖަހާފައިވާ މުއްދަތު ފުލުހުންގެ އެންގުމަށް އިތުރު ކުރަމުން ދިއުމާއި ގުޅިގެން ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް އަބްދުއްލަތީފް ގެ ނުރުހުން ޣާޒީންނަށް އަމާޒު ކުރައްވައިފިއެވެ.
ޔޯގާގެ ނަމުގައި ހިންދޫއިންގެ އަޅުކަމެއްގޮތުގައި ހިންގި ހަރަކާތް ހިންގުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ޝެއިޚް އާދަމް ނިޝާންގެ ބަންދަށް އިތުރު 13 ދުވަސް ޖަހާފައިވާއިރު، މި މައްސަލައިގައި ޝެއިޚް ފަޒްލޫން ވެސް ހުރީ ހައްޔަރުކޮށްފައެވެ.
ދެ ޝެއިޚުންގެ އިތުރުންވެސް މި މައްސަލާގައި ހައްޔަރުކޮށްފައިވާ އެކި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރު ކުރަމުން ދިއުމާއި ގުޅިގެން އެތައް ބައެއްގެފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
މިކަމާއިގުޅިގެން އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނީ ޢަދާލަތު ޕާޓީގެ ރައީސް ކަމުގައިވެސް ހުންނެވި މި ސަރުކާރުގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާނަށެވެ.
އެހެންނަމަވެސް މި މައްސަލައިގައި ޑރ. އިޔާޒްގެ ވިސްނުމާއި ގަބޫލުކުރައްވާ ގަބޫލުކުރެއްވުންތައް މިފަދަ އެހެން މައްސަލަ ތަކެކޭ އެއްގޮތަށް މިފަހަރުވެސްމިދަނީ ދާދި އެއް މިސްރާބަކަށެވެ.
މިކަމާއި ގުޅިގެން ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ވާހަކަތަކުގައި މައްސަލަ އެބަހުރިކަމަށާއި ޝެއިޚް އާދަމް ނިޝާންއަށް މުއްދަތު ޖަހަން އިންނެވި ގާޟީ އިންނެވީ ހިނދުކޮޅުގައިތޯ ސުވާލު އުފެދޭކަމަށެވެ.
އިޔާޒް މިފަދައިން ވިދާޅުވެފައިވާއިރު ޣާޒީން މުއްދަތު ޖަހަނީ ފުލުހުން އެދިގެންނެވެ. އަދި ފުލުހުންގެ ވެރިޔަކަށް މިވަގުތު ހުންނެވީ އިޔާޒް ވެސް ނިސްބަތްވެވަޑައިގަންނަވާ ޢަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާނެވެ.
މި މައްސަލައިގައި ފުލުހުން އެދެމުންދަނީ ވާނުވާ ޖަހައި މުއްދަތެއް ނެތްގޮތަށް ޝައިޚް އާދަމް ނިޝާން ބަންދުކުރުމުގެ އަމުރަކަށެވެ.
ޝައިޚް އާދަމް ނިޝާންގެ ބަންދަށް ފުރަތަމަ ޖަހައިދިނީ 7 ދުވަހެވެ. ދެން 3 ދުވަހެވެ. އެއަށްފަހު 13 ދުވަހެވެ.
އެހެން ނަމަވެސް މިކަމުގައި ޑރ. އިޔާޒްގެ ވިސްނުން ގެންގުޅުއްވާ ގޮތުން އެތައްބައެއްގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފައެވެ.
އިޔާޒްގެ ޓްވީޓަށް ރައްދުދިން ގިނަ ފަރާތްތަކުން ބުނެފައިވަނީ އިޔާޒްގެ ނަސޭހަތް އެންމެ ހައްގުކަން ބޮޑީ ފުލުހުންގެ ބެލެނިވެރި ފަރާތް ކަމުގައިވާ ހޯމް މިނިސްޓަރު އިމްރާނަށް ކަމަށާއި، އިޔާޒް ހަގީގަތާ ކުރިމަތިލާން ޖެހޭކަމަށެވެ.
ޝޭޙެވެ! ޤާޒީ މުއްދަތު ޖަހަނީ ފުލުހުން އެދިގެންނެވެ. ފުލުހުންގެ ވެރިޔަކަށްހުރީ އިމްރާނެވެ. ތި ނަސޭހަތް އެންމެ ހައްގުކަންބޮޑީ އިމްރާނަށެވެ. އޭގެ ފަހުގައި ގާޒީންނެވެ. ހަޤީގަތާ ކުރިމަތި ލާށެވެ.
— Rashu meeha (@halym14307089) July 14, 2022
ޝެއިޚުންނަށް މުއްދަތުޖެހުން ކުށްވެރިކުރައްވާ ޣާޒީންނަށް ފާޑުވިދާޅުވެ ޓްވީޓް ކުރެއްވުމަށްފަހު އިޔާޒްގެ އިތުރު ޓްވީޓެއްގައި ވަނީ އިމްރާންގެ ކާމިޔާބީއަށްވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.
Kaamiyaabu kamaai eku kuriyah dhaa meehunnaai medhu Hasadhaveri vaa meehun gina vaane. Emeehun ge goveli thakah nubalaa kuriyah dhiyaima In Sha Allah kaamiyaabu vaane. https://t.co/6sG8yMCfnP
— Dr.Mohamed Iyaz (@dr_iyaz) July 15, 2022
އިމްރާންގެ ޓްވީޓަކަށް ތައުރީފް ކުރައްވަމުން އިޔާޒް ވަނީ ކާމިޔާބު ކަމާއިއެކު ކުރިއަށްދާ މީހުނާއިމެދު ހަސަދަވެރިވާ މީހުން ގިނަވާނެކަމަށާއި، އެމީހުންގެގޮވެލިތަކަށް ނުބަލައި ކުރިއަށް ދިޔައިމަ ކާމިޔާބުވާނެ ކަމަށް ވިދާޅުވެ އިމްރާނަށް ހިތްވަރު ދެއްވާފައެވެ.
މިކަމާއި ގުޅިގެން އާންމުން ދަނީ ޑރ. އިޔާޒް އަކީ ޢިލްމީ މުނާފިގެއްކަމުގައި ބުނެ ނުރުހުން ފާޅުކުރަމުންނެވެ.
An educated sheih like you backing a munaafiq is really hearbreaking.
— Thakurufaanu (@Thakurufaanu6) July 15, 2022
ޔޯގާ ހަރަކާތާއި ގުޅިގެން މިހާތަނަށް ހައްޔަރު ކުރި 21 މީހުންގެ ތެރެއިން 20 މީހުންގެ މުއްދަތު ކޮންމެ ފަހަރަކުވެސް ހަމަވުމުން ދަނީ އިތުރު ކުރަމުންނެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ.
ޑރ ޢިޔާޟް އާއި ޢިމްރާނަކީހަމަ އެއްގޮތަކުން ކިޔަވައިގެންތިބި އަމިއްލަ ޖީބަށް ބަރުވާނެހާގޮތަކަށް ވިސްނުން ގެންގުޅޭ މަކަރުވެރި ދެހިޔަޅުން ދިވެހިރައްޔިތުންގެހިތްތަކުން 2023 އެކުދިން މިކަން ފިލައިގެންދާނެކަމަށްހީވަނީކަމަށްވެދާނެ.
އިލްމުވެރިންނައް ގޯނާކުރާނަމަ ރަތްޔަތުންގެ ބާރުދައްކާލަންޖެހިދާ
އިލްމުވެރިން އިލްވރިންގެގޮތުގާތިއްބަވާ އެއްމެންވެސްއިހުތިރާމު ކުރާނެ