ޚަބަރުސިޔާސީ

ހަމަ ކިރިޔާ ހަލުވާލިޔަސް ވެއްޓޭނެ، އެކަމަކު ބަދަލު ކުރާނީ ވޯޓުން: އާދަމް ޝަރީފް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރު ހަލުވާލާ އިރަށް ވެއްޓެނޭ ކަމަށާއި އެހެން ނަމަވެސް ވެރިކަން ބަދަލު ކުރާނީ ރައްޔިތުން ނިކުމެ ވޯޓުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

“މިނިވަންކުރޭ” މިނަމުގައި ޔޯގާ ހަރަކާތަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ހައްގުގައި އަޑު އުފުލުމަށް އިދިކޮޅުން ރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވި އެއްވުން ރޫޅާލާނެކަމުގެ އިންޒާރު ފުލުހުން ދިނުމާއި ގުޅިގެން އާދަމް ވިދާޅުވީ ދައުލަތުގެ އެއްވެސް ވެރިއަކު ފިލައިގެން ރާއްޖެއިން ބޭރަށް ދިއުމުގެ ފުުރުސަތު ދީގެން ނުވާނެ ކަމުގައެވެ.

”އަޅުގަނޑުމެން ބަލަންވާނީ ގާނޫނީ އިމުގެ ތެރެއިން ވެރިކަމަށް ޕީޕީއެމް ގެނެވޭތޯ. އިސްލާމީ ވަހުދަތު ރާއްޖޭގައި ރައްކާތެރި ކުރުމަކީ އެންމެ މުހިންމު މަސައްކަތް.“ އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މި ސަރުކާރު ސިފަ ކުރެއްވީ ވަރަށް ހަޑި މުޑުދާރު ސަރުކާރެއްގެ ގޮތުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button