ޚަބަރުސިޔާސީ

ފުލުހުން އެނބުރެންވީ ޣައިރުގާނޫނީ އަމުރު ކުރާ ބޮޑުންނާ ދިމާލަށް: ސައީދު

ދިވެހި ފުލުހުން އެނބުރެންވީ ޣައިރުގާނޫނީ އަމުރު ކުރާ ބޮޑުންނާ ދިމާލަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

”މިނިވަންކުރޭ“ މިނަމުގައި ޔޯގާ ހަރަކާތަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ހައްގުގައި އަޑު އުފުލުމަށް އިދިކޮޅުން ރޭ ޕީޕީއެމް އޮފީސް ކުރިމަތީގައި ބޭއްވި އެއްވުން ރޫޅާލާނެކަމުގެ އިންޒާރު ފުލުހުން ދިނުމާއި ގުޅިގެން ސައީދު ވިދާޅުވީ ފުލުހުން އެނބުރެން ވީ އަނެއް ފަރާތަށް ކަމުގައެވެ.

”ފުލުހުން އެނބުރެންވީ ގާނޫނު އަސާސީއާއި ދިމާ އިދިކޮޅަށް އަމުރު ތިބޭފުޅުންނަށް އަންގާ ވެރިން ހޯދާ ހައްޔަރު ކުރުމަށް. އެ ދިމާލަށް ތިބޭފުޅުން ދާންވީ.“ ސައީދު ވިދާޅުވިއެވެ.

ސައީދު ފާހަގަކުރެއްވިގޮތުގައި ރާއްޖޭގައި މިހާރު ގާނޫނެއް ގަވައިދަކަށް ބެލުމެއް ނެތި ސަރުކާރުން އަންނަނީ ހިތުރިހާ ގޮތަކަށް ކަންކަން ކުރަމުންނެވެ. އޭނާ ވަނީ ޔޯގާ ހަރަކާތާ ގުޅިގެން ހައްޔަރު ކުރި އެންމެން މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button