ޚަބަރު

ކުވައިތުގެ އަމީރު ޝައިހް ނަވާފް އަވަހާރަވެއްޖެ

ކުވައިތުގެ އަމީރު ޝައިހް ނަވާފް އަލް އަހްމަދު އަލްޖާބިރު އަލް ސަބާހް މިއަދު އަވަހާރަވެއްޖެއެވެ.

ދައުލަތުގެ ޓީވީން އާއްމުކުރި ބަޔާނެއްގައ،ި އުމުރުން 86 އަހަރުގެ ނަވާފް އަވަހާރަވިކަން ވަނީ އިއުލާނުކޮށްފައެވެ. ނަވާފް އަމީރުކަމަށް އިސްވެވަޑައިގެންނެވީ 2020 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އޭނާގެ އެއްބަނޑުއެއްބަފާ ބޭބޭފުޅު ޝައިހް ސަބާހް އަލްއަހުމަދު އަލްޖާބިރު އަލްސަބާހް އަވަހާރަވުމުންނެވެ.

އަމީރުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ނަވާފް ވަނީ ސަރުކާރުގެ މުހިންމު މަގާމުތަކެއް، ގިނަ އަހަރުތަކެއް ވަންދެން ފުރުއްވާފައެވެ. އެގޮތުން 1990 ވަނަ އަހަރު އިރާގުން ކުވައިތަށް އަރައިގަތްއިރު ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޝައިޚް ނަވާފްއެވެ.

ހަތިޔާރު އެޅި ޖަމާއަތްތަކުގެ ގޮންޖެހުންތަކަށް ހައްލު ހޯއްދަވައި އިންޓީރިއާ މިނިސްޓަރުގެ ހައިސިއްޔަތުން ނަވާފް ވަނީ މަސައްކަތް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button