ޚަބަރުސިޔާސީ

ގޮތަބަޔާ ފިލުވުމުގައި ދިވެހި ސަރުކާރުގެ ދައުރަށް ރައީސް ނަޝީދުގެ ތައުރީފް

ސްރީލަންކާގެ ރައީސް ގޮތަބަތާ ރާޖަޕަކްސަ ފިލުވުމުގައި ދިވެހި ސަރުކާރު އަދާ ކުރި ރޯލަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ތައުރީފް ރައްދު ކުރައްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލަންކާގެ ރައީސް އެގައުމުގައި ހުންނެވި ނަމަ އިސްތިއުފާ ނުދެއްވާނެ ކަމުގައެވެ. ސަބަބެއްގެ ގޮތުގައި ނަޝީދު ފާހަގަކުރެއްވީ ގޮތަބަޔާގެ ފުރާނައަށް ނުރައްކާ ވުމެވެ.

”އެކަމަށްޓަކައި ދިވެހި ސަރުކާރުން ކޮށްދެއްވި އަގު ހުރި ހިދުމަތަށް ޝުކުރު އަދާ ކުރަން.“ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތައުރީފް ކުރެއްވުމަށްފަހު ނަޝީދު ވަނީ ލަންކާގެ ރައްޔިތުންނަށް ހެޔޮ އެދުންތައް ފޮނުއްވަވާފައެވެ.

ރައީސް ގޮތަބަޔާ ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށްފަހު ސިންގަޕޫރަށް ވަޑައިގަތީ މިއަދު ހެނދުނު 11:30 އެހާކަންހާއިރު ސައުދިއާގެ މަތިންދާ ބޯޓެއްގައެވެ. ގޮތަބަޔާ ގައުމުން ފިއްލެވީ ރިޔާސީ ގަނޑުވަރުތެރެއަށް ލަންކާ ރައްޔިތުން ވަދެ މުޒާހަރާ ކުރުމުގެ ކުރިންނެވެ.

ލަންކާ ބަނގުރޫޓު ކޮށްލިކަމުގެ ބޮޑެތި ތުހުމަތުތަކެއް ރައީސް ގޮތަބަޔާއަށް އެގައުމުގެ ރައްޔިތުން އަންނަނީ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button