23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ޖީބީ ފުޓްސަލް ޗެލެންޖްގެ ގުރުއަތުލުން ކުރިއަށް ގެންގޮސްފިއެވެ.
މި މުބާރާތުގައި ބައިވެރިވާ ޓީމް ތަކުގެ މެދުގައި ބޭއްވުނު ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ 14 ޖުލައި ވީ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ.
ޖީބީ ފުޓްސަލް ޗެލެންޖްގައި ބައިވެރިވާ ޓީމްތައް ގުރުއަތުލުމުގައި ބައިވެރިވަނީ.
މި މުބާރާތަކީ މި ކްލަބް ގެ ފަރާތުން ކުރިއަށް ގެންދާ މިފަދަ 4 ވަނަ މުބާރާތެވެ. އެގޮތުން މި ކްލަބްގެ ފަރާތުން މީގެ ކުރިންވެސް ފުޓްސަލް 2 މުބާރާތާއި، ފީފާ މުބާރާތެއް ވަނީ ބާއްވާފައެވެ. މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ 15 ޖުލައިވާ ހުކުރު ދުވަހުގެ ހެނދުނު 08:00 ގައި ލެގޫންސް ފުޓްސަލް ދަނޑުގައެވެ.
މި މުބާރާތުގެ ކުޅުން ހުކުރު ދުވަހު ފެށޭއިރު ފުރަތަމަ ބުރުގައި ވާދަކުރާ ޓީމްތަކާއިއެކު ޖުމްލަ 12 މެޗް ހުކުރު ދުވަހު ކުޅޭނެ ކަމަށް ކްލަބްގެ ފަރާތުން ވަނީ ބުނެފައެވެ. މި މުބާރާތުގެ ކުޅުން ކުރިއަށް ދާނީ ހުކުރު އަދި ހޮނިހިރު ދުވަހުގައެވެ.
ދެ ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ ޖީބީ ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މެޗްތަކާއިއެކު މުބާރާތުގެ ކުޅުން ހުކުރު ދުވަހު ހެނދުނާއި މެންދުރުފަހު އަދި ރޭގަނޑު ކުރިއަށްދާނެއެވެ.
މުބާރާތުގެ ކުއާޓަރ ފައިނަލް މެޗްތަކުގެ ކުޅުން ކުރިއަށް ދާނީ 16 ޖުލައި ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ގައެވެ. މިއާއިއެކު ސެމީ ފައިނަލް މެޗްތައް ހޮނިހިރު ދުވަހުގެ މެންދުރުފަހު 14:00ގައި ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ.
ހުކުރު ދުވަހު ހެނދުނުގެ މެޗް ޝެޑިއުލް.
ޖީބީ ފުޓްސަލް ޖެލެންޖްގެ ފައިނަލް މެޗްގެ ކުޅުންވެސް ކުރިއަށްދާނީ ހޮނިހިރު ދުވަަހު ކަމަށް ކްލަބްގެ ފަރާތުން ވަނީ ބުނެފައެވެ.
ހުކުރު ދުވަހުގެ މެންދުރުފަހުގެ މެޗް ޝެޑިއުލް.
މިމުބާރާތުގެ އިނާމްގެ ގޮތުގައި ޖުމްލަ 10،000 ރުފިޔާ ހުށަހަޅާފައިވާ ކަމަށް ކްލަބުން ވަނީ ބުނެފައެވެ.
އެގޮތުން މުބާރާތުގެ ޗެމްޕިއަން ޓީމަށް 7،000ރ. އާއި ޓްރޮފީ އަދި ސެޓްފިކެޓާއި މެޑަލް، ދިނުމަށް ހަމަޖެހިފައިވެއެވެ.
އަދި މުބާރާތުގެ ރަނަރއަޕް ޓީމަށް 3،000ރ. އާއި ސެޓްފިކެޓް އަދި ޓްރޮފީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މުބާރާތުގެ އެންމެމޮޅު 5 ކުޅުންތެރިން ހޮވުމަށް ވަނީ ނިންމާފައެވެ.
އެންމެމޮޅު 5 ކުޅުންތެރިންނަށްވެސް ހަނދާނީ ލިޔުމާއި، ޓްރޮފީ އަދިމެޑަލް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޖީބީ ފުޓްސަލް ޗެލެންޖް 2022 އާއި ގުޅޭގޮތުން ”ބޮންތި”އަށް މައުލޫމާތު ހިއްސާ ކުރަމުން މުބާރާތް އިންތިޒާމް ކުރި ފަރާތް ކަމަށްވާ އަހުމަދު ޔައިޝް (ޔޯޔޯ) ބުނީ މި މުބާރާތަކީ ވަރަށް ފޯރިގަދަ މުބާރާތަކަށް ވެގެން ދާނެކަމަށް އުންމީދު ކުރާކަމަށެވެ. އަދި މިފަހަރުގެ މުބާރާތުން ހުނަރުވެރި ކުޅުންތެރިން ތަކެއް ފެނިގެން ދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ޔައިޝް(ޔޯޔޯ) ޖީބީ ފުޓްސަލް މުބާރާތާއި ގުޅޭ މައުލޫމާތު ހިއްސާކުރަނީ.
އުންމީދުކުރަނީ މި މުބާރާތް ވަރަށް ފޯރިގަދަވާނެ ކަމަށް. އަދި ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް މި މުބާރާތުން ފެނިގެންދާނެ ކަމަށް އުންމީދުކުރަން
ޖީބީ 23 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް 2022 ގެ މެއިން ސްޕޮންސަރ އަކީ މައިކޮން ގްރޫޕެވެ. އަދި މުބާރާތުގެ ޓައިޓްލް ސްޕޮންސަރ އަކީ ކޫލް ޖާރސީއެވެ.