ޚަބަރު

ފުލުހުން ހައްޔަރުކުރި ލަންކާމީހާ ޝަރުތުކުރުމަށް ފަހު ދޫކޮށްލައިފި

ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލެވުމަށް ރާއްޖެ ވަޑައިގަތް މައްސަލައާއި ދެކޮޅަށް އިއްޔެ ހަވީރު ފުރަމާލޭގައި ލަންކާގެ ރައްޔިތުން ބައިވެރިވެގެން ކުރެވުނު މުޒާހަރާގެ ތެރޭން ފުލުހުން ހައްޔަރައް ގެންދެވުނު މީހާ ކޯޓުން ޝަރުތުކުރުމަށްފަހު ދޫކޮށްލައިފިއެވެ.

ކޯޓުން ކުރި ޝަރުތަކުގެ ތެރޭގައި ފުލުހުންނަށް އެއްބާރުލުން ދިނުމަށާއި، މާލެއިން ބޭރަށް ދަންޔާ ފުލުހުންނަށް އެންގުމަށާއި އަދި ގުޅޭނެ ފޯނު ނަންބަރާއި އުޅޭ އެޑްރެސް ބަދަލުވެއްޖެނަމަ، ފުލުހުންނަށް ހިއްސާކުރުމަށް ވަނީ ޝަރުތުކޮށްފައެވެ.

މި މުޒާހަރާގެ އިންތިޒާމްކުރި ފަރާތުން މައުލޫމާތު ދިންގޮތުގައި ”ލަންކާ އިޔާދަ ނުކުރެވޭ މިންވަރަށް ދަރުވާލުމަށް ފަހު ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ލަންކާގެ ރައީސް ގޮތަބަޔާ އަށް ރާއްޖެއިން ހިމާޔަތާއި ރައްކާތެރިކަން ދީފައިވާތީ އެކަމާ ރާއްޖޭގައި ތިބި ލަންކާ ރައްޔިތުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި އެއީ އެކަމާ ދެކޮޅުކަން ދިވެހި ސަރުކާރަށް އެންގުމުގެ ގޮތުން ކުރެވުނު މުޒާހަރާއެއް ކަމަށް ވަނީ ބުނެފައެވެ.

މުޒާހަރާ ފެށިތާ މާ ގިނައިރުތަކެއް ނުވަނީސް ފުލުހުން ވަނީ އެމުޒާހަރާ ރޫޅާލާފައެވެ. އަދި މުޒާހަރާގެ ބައިވެރިން ގެންގުޅުނު ލަންކާގެ ދިދަ، ޝުއޫރުތަށް ލިޔެފައިވާ ބޯޑުތައް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށްގެ ނެސްފައެވެ.

ގޮތަބަޔާއަށް ރާއްޖެއިން ހިމާޔަތް ދިނުމާ ގުޅިގެން ލަންކާގައި ވެސް ވަނީ ވަރުގަދަ މުޒާހަރާތަކެއް ކޮށްފައެވެ.

ރައީސް ގޮތަބަޔާ މިހާރު ވަނީ ސައުދިއާގެ ބޯޓެއްގައި ރާއްޖެ ދޫކުރައްވައި ސިންގަޕޫރަށް ވަޑައިގެންފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button