އަލަމްގިރި ލިވާތުކުރުމުގެ މައްސަލައަށްވުރެ ފުލުހުންނަށް މުހިންމުވީ ބްލެކްމެއިލް ކުރުމުގެ މައްސަލަ

ދާދިފަހުން ލީކުވެފައިވާ “ލިވާތު” ވީޑިއޯ ތަކާއި ގުޅިގެން އެމައްސަލައިގައި ޝާމިލްވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ.
މި މައްސަލައިގެ ތަހުގީގަށް އޭނާގެ މައްޗަށް ކޯޓުން 05 ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގުން ނުހިމެނޭކަން ވަނީ ހާމަވެފައެވެ.
ނަން ހާމަނުކުރުމަށް ޝަރުތުކޮށް ފުލުހުންގެ ފަރާތުން ”ބޮންތި“ އަށް މައުލޫމާތުދިން ފަރާތަކުން ބުނީ، އަލަމްގިރީގެ މައްޗަށް ކުރެވޭ ތުހުމަތަކީ ބްލެކްމެއިލް ކުރުމާއި ބިރުދެއްކުން ކަމަށެވެ. އަދި އޭނާ އާއި ގުޅޭގޮތުން އެއްޖިންސުން ގުޅުން ހިންގުމުގެ އެއްވެސް މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން ނުދާކަމަށް އެފަރާތުން ބުންޏެވެ.
އެހެން ނަމަވެސް ލީކުވެފައިވާ ވީޑިއޯތަކާއި ގުޅިގެން އަލަމްގިރި ވަނީ އެވީޑިއޯތަކުގައި ވަނީ އޭނާ ކަމަށާއި، ވީޑިއޯތަކުން ފެންނަ ފަރާތްތަކާއެކު އެއްޖިންސުން ގުޅުން ހިންގާފައިވާނެކަމަށް އެއްބަސްވެފައެވެ. ކަން މިހެން އޮތްއިރު، އެއްޖިންސުން ގުޅުން ހިންގުމަކީ ގާނޫނުލް އުގޫބާތުން އަދަބު ކަނޑައެޅިފައިވާ ޖިނާއީ ކުށަކަށް ވީއިރު އަލަމްގިރީގެ މައްޗަށް މި މައްސަލައިގެ ތަހުގީގު ނުކުރެވެނީ ކީއްވެ ކަމާމެދު ސުވާލު އުފެދެއެވެ.
އެހެން ނަމަވެސް ޔަގީންވާ ކަމަކީ މި މައްސަލައިގެ މަސްދަރު ކަމަށްވާ ފަރާތުގެ މައްޗަށް ނުކުރާ ތުހުމަތެއް، ދެން މިކަމުގައި ޝާމިލްވާ ފަރާތްތަކަށްވެސް ނުކުރާނެކަމެވެ. އެހެނީ ބަޔާންވެދިޔަ އަމަލަކީ ދެފަރާތުން ހިންގޭނެ އަމަލަކަށް ވާއިރު، އަމަލު ހިންގި އެއްފަރާތުގެ މައްޗަށް ނުހިންގޭ ތަހުގީގެއް އެހެން ފަރާތެއްގެ މައްޗަށް ނުހިންގޭނެތީއެވެ.
މި މައްސަލަ ފުލުހުން ބަލަން ނިންމާފައިމިވާ ގޮތާއިމެދު ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ބްލެކްމެއިލް ކުރުމަކީ ލިވާތުކުރުމަށްވުރެ ހައްސާސް ކަމަކަށްވީތޯ، ނުވަތަ ލިވާތު ކުރުމަކީ ކުށެއް ނޫންތޯ ގިނަބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. މިކަމާ ގުޅޭގޮތުން އަދި މިހާތަނަށް ފުލުހުންގެ ފަރާތުން ރަސްމީ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
Livaathu massala balaifiyyaa Annige kokko aa enoon meehun haiyyaru kuranjeheynethaa, ehenveema vess livaathu massala nubalaane, MC menn laagen mikameh nuvaane