މިރޭ އިދިކޮޅު ޕީޕީއެމުން މާލޭގައި ކުރިޔަށްދާ މުޒާހަރާ ތެރެއަށް ގޮތް ނޭނގޭ ބަޔަކު ބިސް ޖަހައިފި އެވެ.
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ކޮށްފައިވާ ޖަލު ހުކުމާ ދެކޮޅަށް މިރޭ އަޑު އުފުލަމުން ގެންދިޔަ އާންމުންގެ ތެރެއަށް ބިސް ޖެހީ މޫނު ނިވާކޮށްގެން ސައިކަލެއްގައި ދިޔަ ދެމީހަކު ކަމަށް އެ ސަރަހައްދުގައި ހުރި މުޒާހަރާގެ ބައިވެރިޔަކު ”ބޮންތި“ އަށް ވަނީ މައުލޫމާތު ދީފައެވެ.
އިދިކޮޅުގެ މުޒާހަރާގެ ޢަދަދު މަދަސް ކޮންމެ ރެއަކުވެސް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ގިނަ ބަޔަކު ފުލުހުން ހައްޔަރު ކުރާކަން ފާހަގަކުރެވެއެވެ.