ޚަބަރު

ގޮތަބަޔާ ސިންގަޕޫރަށް ދިޔައީ ސައުދިއާގެ ބޯޓެއްގައި

ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕްކްސަ މިއަދު ހެނދުނު ސިންގަޕޫރަށް ވަޑައިގެންނެވީ ސައުދިއާގެ ފްލައިޓެއްގައި ކަން ”ބޮންތި“ އަށް ކަށަވަރު ވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި މަސައްކަތް ކުރާ އިސް މުވައްޒަފަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ ރައީސް ގޮތަބަޔާ މިއަދު ހެނދުނު 11:30ގައި ވީއައިއޭ އިން ފުރި ސައުދިއާގެ އެސްވީ-788 ފްލައިޓްގައި އަނބިކަނބަލުންނާއެކު އިންނެވި ކަމުގައެވެ.

”އޭ ތެދު ވާހަކައެއް. ހަމަ ސައުދިއާގަ ފުރީ.“ އޭނާ ބުންޏެވެ.

މި ފްލައިޓު ފްލައިޓް ޖައްސާނީ ސިންގަޕޫރުގެ ޗާންގީ އެއާޕޯޓުގައެވެ. ބެލެވޭގޮތުގައި އެއީ ރާއްޖެ ގަޑިން ހަވީރު 4:15 ހާއިރެވެ.

އެނގިފައިވާގޮތުގައި ސައުދިއާގެ ފްލައިޓުން ގޮތަބަޔާ ސިންގަޕޫރަށް ގެންދަން ދެކޮޅު ހެދުމުން އެ ބޯޓުގެ އިންޖިއަނަރާ ގޮތަބަޔާގެ ފަރާތުން ޑީލެއް ހެދިއެވެ.

”ސައުދިއާގެ އެޖެންޓުކަން ކުރަނީ ލަންކާ މީހުން. ބޯޓުގެ އިންޖިނިއަރަކީވެސް ލަންކާ މީހެއް. ސްރީލަންކަން އެއާލައިނުން ސައުދިއާގެ ބޯޓުތައް މިކޮޅުގަ ބަލަހައްޓާނީ.“ މައުލޫމާތު ދިން މީހާ ބުންޏެވެ.

އެހެން ކަމުން ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގެންނެވީ ސައުދިއާގެ ބޯޓުގައި މަސައްކަތް ކުރާ މީހުނަށް ފައިސާ ދީގެން ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ. ސިންގަޕޫރު އެއާލައިންގެ ބޯޓުތަކުގައި މަސައްކަތް ކުރާ މީހުންނަށްވެސް ބޮޑެތި ހުށަހެޅުންތައް އައިސްފައިވާ ކަމުގެ މައުލޫމާތުވެސް ”ބޮންތި“ އަށް ވަނީ ލިބިފައެވެ. އެކަމަކު ސިންގަޕޫރު އެއާލައިނުން ވަނީ އެ ހުށަހެޅުންތައް ބަލައިނުގަނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button