ޚަބަރުސިޔާސީ

ގޮތަބަޔާ ހުރީ އިތާފުށްޓަކު ނޫން، ގިރިފުށީގަ!

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސް މިވަގުތު ހުންނެވީ މާލެ އަތޮޅު ސިފައިންގެ ޓްރެއިނިންގެ ސެންޓަރު ކަމަށްވާ ގިރިފުށީގައި ކަން ”ބޮންތި“ އަށް އެނގިއްޖެއެވެ.

ސިފައިންގެ އޮފިޝަލަކާ ހަވާލާދީ ނަން ނުޖެހުމަށް ޝަރުތުކޮށް ”ބޮންތި“ އަށް މައުލޫމާތު ދިން ރިޓަޔަޑް އޮފިސަރަކު ވިދާޅުވީ ރައީސް ގޮތަބަޔާ ވޯލްޑޯފް އެސްޓޯރިއާ، އިތާފުށި ރިސޯޓަށް ވަޑައިގެންނެވި ވާހަކައަކީ ދޮގެއް ކަމުގައެވެ. އެ ރިސޯޓަށް އެމަނިކުފާނަށް ދެވޭގޮތް ނުވުމުން ގިރިފުށީގައި މަޑުކުރަން ޖެހުނުކަން އޮފިސަތު ފާހަގަކުރެއްވިއެވެ.

”ގޮތަބަޔާ ހުރީ ކޮންތާކުކަން އެނގޭތަ؟ އިތާފުށްޓަކު ނޫން. ގިރިފުށީގަ. މިކަން ޑިފެންސަށް ދޮގު ކުރާކަށް ނުކުރޭނެ.“ އޭނާ ބުންޏެވެ.

މައުލޫމާތު ދިން ބޭފުޅާ ވިދާޅުވިގޮތުގައި ޑިފެންސް މިނިސްޓްރީގެ އެންގުމަށް އެމްއެންޑީއެފްގެ ވެރިންގެ އޯޑަރަށް ގޮތަބަޔާގެ ސެކިއުރިޓީ ބަލަހައްޓަނީ ސިފައިންގެ ސްޕެޝަލް ފޯސް (އެސްއެފް) އެވެ. ގޮތަބަޔާ އާއި އޭނާގެ އަނބިކަނބަލުންނާއެކު ސިފައިންގެ އިސްވެރިން ތިއްބެވިއިރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އެންގުމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ގެންދަވަނީ ވަރަށް ގާތުން ހާލަތު ބައްލަވައި މޮނިޓަރ ކުރައްވަމުންނެވެ.

އެމްއެންޑީއެފުން ގޮތަބަޔާ ފޮރުވައިގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އެ މުއައްސަސާގެ އިތުރުން ޑިފެންސް މިނިސްޓްރީއަށް އެކަން ދޮގުކުރަން ނުކުރޭނެކަން އިތުބާރު ހުރި މަސްދަރަކުން ބުނެފައިވާކަމަށާއި، އެކަމަށް ދެއްވާނެ ޖަވާބަކީ ކޮބައިތޯ އަދި ބަހަކީ ކޮބައިތޯ ތަކުރާރުކޮށް އެމްއެންޑީއެފް އާއި ”ބޮންތި“ އިން ސުވާލު ކުރުމުންވެސް ޖަވާބެއް ނުދިނެވެ. އަދި އެމްއެންޑީއެފްގެ ބަހެއް ނުހޯދާ ހަބަރު ލިޔުނުކަމަށް ފަހުން ވިދާޅު ނުވުމަށާއި ރަސްމީ ބަހެއް ނުލިބުނު ކަމަށް ބަލާފައި ހަބަރު ޝާއިރު ކުރަންވީ ތޯ ސުވާލު ކުރުމުންވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ލަންކާ ބަނގުރޫޓުކޮށްލިކަމުގެ އެންމެ ބޮޑު ތުހުމަތެއް އަމާޒުވެފައިވާ އެގައުމުގެ ރައީސް ގޮތަބަޔާ ދިވެހި ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖެ ގެނައުމާއި ގުޅިގެން އެގަމުގެ ރައްޔިތުން ވަނީ ރާއްޖޭގެ ސަރުކާރާއި ދެކޮޅަށް ލަންކާ އަދި މާލޭގައިވެސް މުޒާހަރާ ކޮށްފައެވެ. އަދި މިކަމުގެ އަޑީގައި ރައީސް ސޯލިހާއި، ރައީސް ނަޝީދުގެ އިތުރުން، ފޮރިން މިނިސްޓަރު ޝާހިދުއާއި، ޑިފެންސް މިނިސްޓަރ މާރިޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޝަމާލް ހިމެނިވަޑައިގަންނަވާކަމަށް އެކި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި މިކަމުގެ އަޑީގައި އިންޑިއާ ސަރުކާރުގެ އަތެއް ވާކަމަށްވެސް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ގޮތަބަޔާގެ ދަތުރު ޕްލޭން ކޮށްފައި އޮތީ ރާއްޖެ މަގުން ޑުބާއީއަށް ދިއުމަށެވެ. އެކަމަކު މިހާރު އެމަނިކުފާނުގެ ދަތުރުގެ މިސްރާބު ހުރީ ބޮޑަށް ސިންގަޕޫރާއި ދިމާލަށެވެ.

8 Comments

    1. ނޫނޭ އޭނައަކީ ދިވެހިރާއްޖޭގެ ރައީސް. މީހަކު މޮޔަވެދާނެ. ގިރިފުއްޓަކީ ލަންކާ ރައީސްގެ ގަނޑުވަރުދޯ؟

  1. ކޮބާ ހީވެ އްޖެ؟ ގޮތަބަޔާ ހީކުރީ މާމޮޅުވާނެކަމަށް ރަ އީސް ކަމުގަ އި އެމްޑީޕީ އޮތީމާ؟ ދެންވެސް ރަ އްޔިތުންނާ ނުކުޅޭތި

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button