
ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގަތުމަށް ހުއްދަ ދިން ކަމަށް ރައީސް އިބްރާހިމް މުހައްމަދުގެ ކޯލިޝަން ސަރުކާރުން އެއްބަސް ވެއްޖެއެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ކުރު ބަޔާނެއްގައި ބުނީ އެކަން އެގޮތަށް ކުރީ ލަންކާ ސަރުކާރުން އެދިގެން ކަމުގައެވެ. އަދި މިމަހުގެ 13 ވަނަ ދުވަހު ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވި އެއާފޯސްގެ މަތިންދާބޯޓަށް ޑިޕްލޮމެޓިކް ކްލިއަރެންސް ދީފައިވަނީ ޓްރާންސިޓް ވުމަށް ރާއްޖެ އަންނަން ޖެހޭތީކަން އެބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ބަޔާނުގައިވާގޮތުން ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގަތީ މިމަހުގެ 14 ވަމަ ދުވަހުގައެވެ. އެ ހިސާބުން އެ ބަޔާން ނިމުނީއެވެ.
Statement by the Government of Maldives
📃 Press Release | https://t.co/hdTjFYcYeB pic.twitter.com/1CEtKrIDBH
— Ministry of Foreign Affairs 🇲🇻 (@MoFAmv) July 14, 2022
ގޮތަބަޔާ ރާއްޖެ ގެނައުމުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތީ ސަރުކާރުގެ އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެކަމަކު އެމަނިކުފާނު އެކަމުގައި އުޅުއްވަން ޖެހިވަޑައިގަންނަވާ ހައިސިއްޔަތަކީ ކޮބައި ކަމެއް ނޭނގެއެވެ.
ސަރުކާރުގެ މި އަމަލުގެ ސަބަބުން ގައުމެއްގެ ދާހިލީ ކަމެއްގެ ތެރެއަށް ރާއްޖެއިން ވަތް ކަމަށް ބުނެ ލަންކާ ރައްޔިތުން ވަނީ އެގައުމާއި ރާއްޖޭގައިވެސް މުޒާހަރާ ކޮށްފައެވެ.