ޚަބަރު

އެއްބައިވަންތަކަމުގެ ތަނބު ގުޑައި، ރާއްޖެ ޔަތީމުވެ މިސްކީނުވީތޯ ހުސައިން ވަހީދު ސުވާލު އުފައްދަވައިފި

ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ތަނބު ގުޑައި ދިވެހިރާއްޖެ ޔަތީމުވެ މިސްކީނުވީތޯ ވިދާޅުވެ ކުރީގެ ސީޕީ ހުސައިން ވަހީދު ސުވާލު އުފައްދަވައިފިއެވެ.

ހުސައިން ވަހީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤައުމެއް ބަލިކަށިކޮށް ނިކަމެތި ކުރާނަމަ އެ ޤައުމެއްގެ އެއްބައިވަންތަކަމުގެ ތަނބުތަކަށް ހަމަލާދީ ލޮޅުންއަރުވާނެ ކަމަށާއި، ބަލިކަށިކުރާނެ ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ސިއްރަކީ އިސްލާމް ދީނާއި، ދިވެހިންގެ ދިވެހިބަހާއި، އިސްލާމީ ތަރުބިއްޔަތު ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހުސައިން ވަހީދު ވިދާޅުވީ ގެއެއްގައި މައިންބަފައިން ގޭތެރެ ތަރުތީބުކޮށް، އަޚުވަންތަކަން ޤާއިމުކުރާއިރު މާޙައުލުން ކުދިންގެ އުޅުމާއި އަޚުލާޤަށް ބައެއްކަހަލަ ބަދަލުތައް އަންނަތަން ފެނިގެން ދާކަމަށާއި، އެބަދަލުތަކަށް ފަރުވާދެނީ މައިންބަފައިން ކަމަށެވެ.

ޤައުމުގެ މަސްރަޙަށާއި ދުނިޔޭގެ މަސްރަޙަށް ދަރިން ހާނުވާއިރު، މައިންބަފައިންގެ ފަރާތުން ލިބެން ޖެހޭ އަޅާލުމާއި ތަރުބިއްޔަތު ނުލިބޭނަމަ ޔަތީމު މިސްކީނެކޭ ތަފާތެއްނެތް ކަމަށް ވިދާޅުވެ ހުސައިން ވަހީދު ވަނީ ރާއްޖޭގެ އެއްބައިވަންތަކަމުގެ ތަނބު ގުޑީތޯ އާއި ރާއްޖެ ޔަތީމުވެ މިސްކީނުވީތޯ ސުވާލު އުފައްދަވާފައެވެ.

ކުރީގެ ސީޕީ ހުސައިން ވަހީދު އޭނާގެ ފޭސްބުކް ގައި ކުރެއްވި ޕޯސްޓް.

ހުސައިން ވަހީދު މިފަދައިން ވިދާޅުވެ ޕޯސްޓް ކުރައްވާފައިވާއިރު ދިވެހި ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި އަވަށްޓެރި އިންޑިއާގެ ބާރާއި ނުފޫޒުގައި ބަނދެވި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ އެތައް އެއްބަސްވުމެއްގައި ސޮއިކޮށް އިންޑިއާގެ ސިފައިން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ރުކުރުވާލާފައި ތިބޭ ތިބުމާއި ދެކޮޅަށް ގިނަ އަދަދެއްގެ ދިވެހިން ދަނީ އަޑު އުފުލަމުންނެވެ.

އެހެން ނަމަވެސް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށްޓަކައި އިންޑިއާގެ ހަންފެތުރުން ކޮންޓްރޯލުން ނެއްޓި އެތައް ކަންތައްތަކެއް ހިނގަމުންދަނީ އިންޑިއާގެ ނުފޫޒާއި ބާރުގެ ދަށުންނެވެ.

އެގޮތުން ދިވެހި ރާއްޖޭގެ ދާޚިލީ ކަންކަމުގެ އިތުރަށް ރާއްޖޭގެ ގިނަ މީޑިއާތަކުގެ ކޮންޓްރޯލްވެސް ވަނީ އިންޑިއާއިން ނަގާފައިކަމީ ގިނަ ބަޔަކަށް މިއަދު ފެންނަން އޮތް ޙަޤީޤަތެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button