ޚަބަރުސިޔާސީ

މާލެ ސިޓީގެ މޭޔަރުކަމަށް ކުރީގެ ސީޕީ ހުސެއިން ވަހީދު ވާދަކުރައްވަނީ!

މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަޙީދު ވިދާޅުވެއްޖެއެވެ.

1991 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ޚިދުމަތުގައި ދެމިހުރެ ރައްޔިތުންނަށާއި ޤައުމަށް އެތައް ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ކުރީގެ ކޮމިޝަނަރ އޮފް ފޮލިސް ހުސައިން ވަހީދު ފުލުހުންގެ ޓެޕިއުޓީ ސީޕީގެ މަޤާމަށް އައްޔަނު ކުރެއްވީ 2012 ވަނަ ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައެވެ. އަދި އޭގެ ފަހުން2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ20 ވަނަ ދުވަހު ފުލުހުންގެ ކޮމިޝަނަރުކަމަށް އައްޔަނު ކުރައްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައެވެ.

ރާއްޖެއާއި ރާއްގެއިންބޭރުގެ ގިނަ ތަމްރީނުތަކެއް ހާސިލްކުރައްވަވައިގެން ހުންވުމަށްފަހު ދެން އެމަނިކުފާނު ނުކުންނެވީ ސިޔާސީ ދާއިރާއަށެވެ. އެމަނިކުފާނު ވަނީ ހައުސިން މިނިސްޓްރީއާއި ޔޫތު މިނިސްޓްރީގައި ސިޔާސީ އިސްމަގާމުތައް 2018 ވަނަ އަހަރާއި ހަމައަށް ފުރުއްވާ ޒުވާނުންނަށާއި އާންމު ރައްޔިތުންނަށް ވަނީ ވަރަށް ގާތުން ޚިދުމަތް ކުރައްވައިފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button