ޚަބަރުސިޔާސީ

މޭޔަރު ކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ޑރ.މުއިއްޒުގެ މާލޭގެ ލޭންޑްޔޫޒް ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާނަން: ސީޕީ ހުސައިން

މޭޔަރު ކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު މާލެ ސިޓީގެ މޭޔަރު ކަމުގައި ހުންނެވި ދުވަސްވަރު، އެމަނިކުފާނު ހެއްދެވި މާލޭގެ ލޭންޑްޔޫޒް ޕްލޭން ތަންފީޒު ކުރުމުގެ މަސައްކަތް ފައްޓަވާނެކަމުގައި އެމަގާށް ކުރިމަތިލެއްވި ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަޑް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

”ބޮންތި“ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ސީޕީ ހުސައިން ވިދާޅުވީ، ބޭނުންވަނީ ހަމައެކަނި ސަރުކާރުކާރާއި އެއްކޮށް މަސައްކަތް ކުރާނެ ކެނޑިޑޭޓެއް ނޫން ކަމަށާއި، ބޭނުންވަނީ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލޭގެ ރައްޔިތުންގެ ލާބަޔަށްޓަކާ އެމަނިކުފާނު ތަންފީޒު ކުރައްވަން ބޭނުންފުޅުވި ދިރާސީ މޮޅު ލޭންޑްޔޫޒް ޕްލޭން ފާސްކޮށް، ތަންފީޒު ކުރެވޭ ވަރުގެ ގާބިލް، ޓީމެއް ގޮވައިގެން މަސައްކަތް ކުރެވޭ ވަރުގެ ކެރޭ މީހެއް މޭޔަރު ކަމަށް އިންތިހާބު ކުރުން ކަމުގައެވެ.

”އަޅުގަނޑު ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުން، އޭގެފަހުންވެސް ރައީސް ޔާމީންގެ ލީޑާޝިޕުން ފެށިގެން މޭޔަރު ކަމާއި އަދި އިންތިހާބީ ރައީސް ކަމާ ހަމައަށް ޑރ.މުއިއްޒު އާއި އެކުގައި ކުރެވުނު މަސައްކަތުންވެސް އެމަނިކުފާނު އެ ޕްލޭން ތަންފީޒު ކުރައްވަން ބޭނުންފުޅުވާކަން ހާމަވެގެން ދިޔަ. އޭރުގެ ހުރަހަކަށްވީ މިހާރުގެ ކޯލިޝަން ސަރުކާރު.“ ސީޕީ ހުސައިން ވިދާޅުވިއެވެ.

ހުސައިން ފާހަގަކުރެއްވިގޮތުގައި މޭޔަރު ކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭގެ ލޭންޑްޔޫޒް ޕްލޭން ފާސްކޮށް، ތަންފީޒު ކުރުމަށްޓަކައި އިންތިހާބީ ރައީސާއެކު އެބޭފުޅާ މަސައްކަތް ފައްޓަވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button