
ޕީޕީއެމް/ޕީއެންސީގެ ރައްޔިތުން މަޖިލިސް ޕްރައިމަރީގައި މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު އަޙްމަދު އަޖުވަދު ވިދާޅުވެއްޖެއެވެ.
އަޖްވަދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އެޓްވީޓްގައި އޭނާ ވިދާޅުވީ، ޕްރައިމަތީގައި ވާދަކުރައްވަން ނިންމެވީ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށާއި، ވީހާވެސް ގިނަ ބޭފުޅުން ޕްރައިމަރީގައި އޭނާ އަށް ވޯޓު ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަޖުވަދަކީ އިދިކޮޅު ހަރަކާތް ތަކުގައި ބައިވެރި ވަމުން އަންނަ އަދި ރައްޔިތުންގެ ދިފާއުގައި އަޑު އުފުލާ، އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލާ އިދިކޮޅުން ކުރިއަށްގެންދިޔަ އިންޑިއާ އައުޓް ހަރަކާތުގައިވެސް ބައިވެރިވެ ވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ފިނޭންސް މިނިސްޓްރީގައި ޓެކްނިކަލް ކޯޑިނޭޓަރަކަށް ހުންނެވި އިރުވެސް، ޕީޕީއެމްގެ ހުރިހާކަމެއްގައި ބައިވެރިވެވަޑައިގަންނަވާ ، ޕާޓީގެ ލީޑާޝިޕަށް ފުރިހަމައަށް އެއްބާރުލުން ދެއްވާ ބޭފުޅެކެވެ.