ޚަބަރުސިޔާސީ

އިންޑިއާ ސިފައިން ތިބުމަށް ޑރ. މުއިއްޒު ރުހިވަޑައިގެންފާނެކަމަށް ބުނެ ނަޝީދު ބަސްދީގަތުންދެއްވީ މަޝްވަރާނުކުރައްވައި: ފިރުޒުލް

ރައީސް މުޙައްމަދު ނަޝީދު އިންޑިއާގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ރުހިވަޑައިގެންފާނެ މޭރުމަކުން ވާހަކަދެއްކެވީ، އިންތިޚާބީ ރައީސާ މަޝްވަރާނުކުރައްވައިކަމަށް އެމަނިކުފާނުގެ ތަރުޖަމާން މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.

މިއަދު އިންތިޚާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވިދާޅުވީ، ރައީސް ނަޝީދު ”ދަ ހިންދޫ“ ނޫހަށް ދެއްވި ބަސްދީގަތުމަކީ އިންތިޚާބީ ރައީސްއާއި އެއްވެސް މިންވަރަކަށް މަޝްވަރާކުރެވިގެން ދެއްކެވި ވާހަކަފުޅެއް ނޫން ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުމަކީ ރާއްޖޭގައި އިންޑިއާ އަދި އެނޫންވެސް ޤައުމެއްގެ އަސްކަރިއްޔާގެ އެންމެ ބޫޓު ޖޯޑެއް ތިބުމަށް ނުރުހެވުންކަމަށާއި، އެއީ އިންތިޚާބީ ރައީސްގެ ސާފު ޞަރީޙަ ސްޓޭންޑެެއް ކަމުގައިވެސް ފިރުޒުލް ވިދާޅުވިއެވެ.

ރައީސް ނަޝީދު އޮންލައިން ނޫސް ”ދަ ހިންދޫ“އަށް ދެެއްވި ބަސްދީގަތުމުގައި ވިދާޅުވެފައިވަނީ އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބޭރުކުރުމުގެ މައްސަލައަކީ ނިމުނު ރިޔާސީ އިންތިޚާބުގެ އެންމެ މުހިއްމު މައްސަލައެއް ނޫންކަމަށާއި، ”އިންޑިއާ އައުޓް“ ހަރަކާތް މިހާރު މަޑުޖެހި ވަޅުޖެހިފައިވާ ކަމަށެވެ.

ނަޝީދު މިފަދައިން ވިދާޅުވި ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ރައޔިިތުން ބޭނުން ނުވާ ކަމަށް ޑރ. މުއިއްޒު ވަނީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރަށްވެސް އަންގަވައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button