ޚަބަރު

ފިޔާ ކިލޯއެއްގެ އަގު 20ރ. އަށްވުރެ ބޮޑު ނުކުރުމަށް އެސްޓީއޯއިން އަންގައިފި

ފިޔާ ކިލޯއެއްގެ އަގު 20ރ. އަށް ވުރެ ބޮޑު ނުކުރުމަށް ޝަރުތުކޮށް އެސްޓީއޯއިން ފިޔާ ހޯލްސޭލް ކުރަން ފަށައިފިއެވެ.

ރާއްޖޭގައި ފިޔާ ކިލޯއެއްގެ އަގު މިހާރު ވަނީ 40ރ. އަށް އަރާފައެވެ. ނަމަވެސް އިޤްތިޞާދީ ވުޒާރާއިން ބުނާ ގޮތުގައި ރާއްޖޭގައި ފިޔާ އަގު ބޮޑުވީ ފިޔާ ލިބުން ދަތިވެގެންނެއް ނޫނެވެ. ފިޔަލުގެ އަގަށް ބަދަލު އައިސްފައިވަނީ އިންޑިޔާއިން ފިޔާ އެކްސްޕޯޓް ކުރުން މަޑު ޖައްސާލުމުންކަމަށް މައުލޫމާތު ލިބެއެވެ.

އެސްޓީއޯ ވުޖޫދުވުމުގެ މައިގަނޑު އެއް އަސްލެއްކަމަށް އެސްޓީއޯއިން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ އާއްމު ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމެވެ. އެހެންކަމުން، އަސާސީ ކާބޯތަކެތި އެތެރެ ކުރުމުގައި ރާއްޖެއަށް ހުރަހެއް ނެތްކަން ސަރުކާރުން ކަށަވަރު ކޮށްދެއްވާފައިވާ ފަދައިން ޢާއްމުންގެ ކަންބޮޑުވުމަށް ހައްލު ހޯދައި ދިނުމަށް އެސްޓީއޯއިން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެސްޓީއޯއިން މިހާރުވަނީ 4500 ބަސްތާ ފިޔާ ޝިޕްމަންޓެއް ރާއްޖެ ގެނެސްފައެވެ. ނަމަވެސް މި ފިޔާ ހޯލްސޭލް ކުރަނީ 20 ރ.އަށް ވުރެ ބޮޑުކޮށް ނުވިއްކުމަށް ޝަރުތުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button