ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އަލުން ވެއްޒުމުގެ ބޭނުމަކީ އާ ރައީސްގެ ހުވައިކުރުމުގެ ކަންކަމަށް ހުރަސްއަޅަން ކަމަށް ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. އެމްޑީޕީން ފަހަކަށްއައިސް ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށްދަނީ ވަރަށް މަސައްކަތް ކުރަމުންނެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށްވެސް ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމަށް މަޖިލީހުގެ ތަޅުމަށް ވަނީ ވައްދައިފައެވެ.
އަދި އިންތިޚާބަށް އެމަނިކުފާނު ނިސްބަތްވާ ޕާޓީ ދަ ޑިމޮކްރެޓްސްގެ މެންބަރުންގެ ތާޢީދު ނުލިބިދާނެތީ އެ މައްސަލަ ވަނީ މަޖިލީހުން ނެރެފައެވެ.