ޚަބަރުސިޔާސީ

ހުވާކުރެއްވުމުގެ ރަސްމިއްޔާތައް މޯދީއަށް ދަޢުވަތު ދެއްވުމަކީ ބޭރު ސިފައިން ފޮނުވާލާނެކަމުގެ ދަލީލެއް: ޝިޔާމް

ހުވާކުރެއްވުމުގެ ރަސްމިއްޔާތައް އިންޑިޔާގެ ޕްރައިމް މިނިސްޓަރު ނަރެންދްރަ މޯދީއަށް ދަޢުވަތު ދެއްވުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބޭރުގެ ސިފައިން ފޮނުވާލުމުގެ މަސައްކަތްޕުޅު ފައްޓަވާނެކަމުގެ އަލިގަދަ ދަލީލެއް ކަމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އަދި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަކީ ތަފާތު ބެފުޅެއްގެ ކަމަށް ވިދާޅުވެ ވަނީ ތަޢުރީފުކުރައްވައިފައެވެ.

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ޖަލްސާއަށް ރާއްޖޭގެ އަވަށްޓެރި އަދި ރާއްޖެއާ ގުޅުން އޮންނަ ހުރިހާ ގައުމުތަކުގެ ވެރިންނަށް ދައުވަތު ދިނުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. އަދި މިގައުމު ތަކުގެ ތެރޭގައި އިންޑިއާވެސް ހިމެނެއެވެ. އެމަނިކުފާނަކީ އެއްވެސް ގައުމެއް ތަފާތުކުރައްވާ ބޭފުޅެއް ނޫންކަމަށް ސިޔާސީ ބޭފުޅުން ސިފަކުރައްވައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button