
އިސްރާއީލުން ފަލަސްޠީނު ރައްޔިތުން އަތުން ގަދަކަމުން ފޭރިގަނެފައިވާ ބިންތައް ފަލަސްޠީނު ރައްޔިތުންނަށް އިއާދަކުރުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްރާއީލުން ފަލަސްޠީނު ރައްޔިތުން އަތުން ގަދަކަމުން ފޭރިގަނެފައިވާ ބިންތައް ފަލަސްޠީނު ރައްޔިތުންނަށް އިއާދަކުރުމާއެކު، އިސްރާއީލުން ފަލަސްޠީނުގެ ބިންތައް އިސްތިއުމާރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަންޖެހޭކަމަށެވެ.
އޭގެ އިތުރަށް އިންތިޚާބީ ރައީސް ވިދާޅުވީ އިރުމަތީ ޤުދުސަކީ ވެރިރަށުގެ ގޮތުގައި އޮންނަ ފަލަސްޠީނު ދައުލަތެއް އިސްރާއީލުން ޤަބޫލުކުރުމާއެކު 1967 ވަނަ އަހަރުގެ ބޯޑަރަށް ރުޖޫޢަވެ، އިސްރާއީލުން ހިންގި ޖަރީމާތަކުގެ ސަބަބުން ފަލަސްޠީނު ދޫކޮށް ހިޖުރަކުރި މުހާޖިރުންނަށް އަނބުރާ އެ ޤައުމަށް އައުމަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ.