އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން އިން ކޮތަޅުން އަގު ނަގަނީ

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިޔަފާރިކުރާ މީހުންގެ އަތުން ޕްލާސްޓިކް އަދި ކަރުދާސް ކޮތަޅަށް ވެސް އަގު ނަގަން ނިންމައިފިއެވެ.
އެސްޓީއޯއިން ވަނީ، ވިޔަފާރި ކުރަން އަންނައިރު ތިމާވެއްޓާއި ރަށްޓެހި ކޮތަޅެއް ގެނެއުމަށް އިލްތިމާސްކޮށްފަ އެވެ. އަންނަ އާދިއްތަ ދުވަހުން ފެށިގެން އެފަދަ ކޮތަޅެއް ނުގެންނަ ފަރާތްތަކުގެ އަތުން ކޮތަޅު ފީ ނަގަން އެސްޓީއޯއިން ވަނީ ނިންމާފައެވެ.
އެސްޓީއޯ އިން ޕްލާސްޓިކް ކޮތަޅެއް ވިއްކުމަށް ނިންމާފައި ވަނީ 2.5 ރުފިޔާއަށެވެ. ކަރުދާސް ކޮތަޅެއް ވިއްްކުމަށް ނިންމާފައި ވަނީ 2 ރުފިޔާއަށެެވެ.
ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން މަދުކުރުމަށް ވިޔަފާރި ކުރަން އަންނައިރު ތިމާވެއްޓާ ރައްޓެހި ކޮތަޅެއް ގެންނަން އާދަ ކުރަމާ 😊
އަންނައިރު ”ޓޯޓް ބޭގް“ ގެންނައްޗޭ! 🛍🍃#PlasticFree #StoPledgetoProtect 🌏♻️ pic.twitter.com/DVMmRlcmdf
— STO People's Choice (@stopcmv) July 10, 2022
އެސްޓީއޯ އިން ކޮތަޅު ވިއްކުމަށް ނިންމިއިރު އަދި މަޖިލީހަށް ހުށައެޅުނު ބިލް ވިޔަފާރި ކުރުމުން ފިހާރަތަކުން އާއްމުންނަށް މިހާރު ހިލޭ ދެމުންދާ ޕްލާސްޓިކް ކޮތަޅުން ”ލެވީ“ ނަގަން ނުވަތަ ކޮތަޅު ގަންނަން މަޖުބޫރުވާ ގާނޫނެއް ހަދަން ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރާޝިދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވާއިރު އަދި އެކަން ގާނޫނަކުނެތެވެ. ބިލް އޮތީ ކޮމެޓީގައެވެ.
މި ބިލުގައި ވާގޮތުން އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ފިހާރަތަކާއި ވިޔަފާރިތަކުގައި ކޮތަޅުން ފީ ނަގަން ފަށަން ވާނެއެވެ.
އެސްޓީއޯއިން ބުނެފައިވަނީ މިކަމުގެ މައިގަނޑު މަގްސަދަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ކޮތަޅު މަދުކުރުމަށް ވިޔަފާރިކުރުމަށް ފޮތިކޮތަޅު ބޭނުންކުރުން އާދަކުރުވަން ކަމަށެވެ.
ފައިވާން ބަހައްޓާފާ ވަނުމަށް ނާލެއް ނަގާންވާނެ .. އާންމުން ފެލާލާން ވާނެ….