ކުށެއްގެ ތުޙުމަތު ކުރެވޭ މީހަކު ދޫކޮށްފައި މިވަނީ ގާނޫނާ ޙިލާފަށް: ޑރ. ޖަމީލް

ބޮޑު ކުށެއްގެ ތުޙުމަތު ކުރެވޭ މީހަކު ދޫކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމުގައި ކުރީގެ ނައިބް ރައީސް އަދި ޕީޕީއެމްގެ މުސްތަޝާރު ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ ވިޑިއޯ އާއި ގުޅިގެން ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ދިފާއުކޮށް ރާއްޖެޓިވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހިމް މީސް މީޑިއާގައި ސަލީމް ދިފާއުކޮށް ދެއްކި ވާހަކަތާކާއި ގުޅިގެން ޑރ، ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއުޅެނީ މޮޅުކަމެއް ވެގެނެއް ނޫންކަމުގައެވެ. އަދި އޮފީހުގެ އިދާރީ ހިންގުމުގެ އޮޑިޓެއް ހަދަނީއެއްވެސް ނޫންކަމުގައެވެ. ލަދެއް ނެތި ޒާތްޒާތުގެ ވާހަކަ ދައްކައި ގާނޫނުގައި ބޮޑުކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ތަހުގީގަށާއި ހެއްކަށް ނުފޫޒު ފޯރުވަން ދޫކޮށްފައި ވަނީ ގާނުނު އަސާސީގެ 49 ވަނަ މާއްދާއާއި ޙިލާފަށްކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި ޑރ. ޖަމީލްގެ މި ޓްވީޓަކީ އިސްވެދިޔަ މައްސަލައިގައި ތުހުމަތުކުރެވޭ ނަސީރަށް އަމާޒުކޮށް ކުރައްވާފައިވާ ޓްވީޓެކެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައި ނަސީރުވަނީ ވީޑީއޯތަކުން ފެންނަނީ މެންބަރު ސަލީމް ނޫންކަމަށް ވިދާޅުވެފައެވެ.
އެހެން ނަމަވެސް އެވީޑިއޯގައި ދެން ފެންނަ މީހަކީ ނަސީރު ކަމަށް ތުހުމަތުކޮށްފައިވާއިރު، އޭނާގެ އެއްވެސް ވާހަކައެއްގައި އެ ތުހުމަތު ދޮގުކޮށްފައެއް ނުވެއެވެ.