ރައީސް ޞޯލިޙް ގެންގުޅުއްވަނީ ޗާޕް މެޝިނެއް: މުޙައްމަދު ސަޢީދު

ރައީސް އިބްރާޙިމް މުޙައްމަދު ޞޯލިޙް ގެންގުޅުއްވަނީ ޗާޕު މެޝިނެއް ކަމަށާއި، މި ދަނޑިވަޅަކީ މެޝިނު ބޮޑަސް، ފައިސާ ޗާޕުކޮށްފެން ހިފެހެއްޓޭނެ ހާލަތެއް ނޫން ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބް ރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރައީސް ޞޯލިހުގެ އގްތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭޕީ މޯގަންގެ ”ރިސެޕްޝަނިސްޓުން“ އެމެރިކާގެ އިގްތިސާދަށް ނުރައްކާވެފައިވާކަމަށް ބުނެފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި ސަޢީދު މިފަދައިން ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އޮތީ ނުރައްކާތެރި ހާލަތެއްގައި ކަމަށް ބުނެ ޖޭޕީ މޯގަން އިން ނެރުނު ރިޕޯޓަކީ އެ އިދާރާގެ ރިސެޕްޝަނިސްޓުންތަކެއް ނެރުނު ރިޕޯތެއް ކަމަށް ފިނޭންސް މިނިސްޓަރ އަމީރު ވިދާޅުވުމާއި ގުޅިގެންނެވެ.
މި ޓްވީޓުގައި ސަޢީދު އިތުރަށް ވިދާޅުވީ ރައީސް ޞޯލިޙް ގެންގުޅުއްވަނީ ޗާޕު މެޝިނެއް ކަމަށާއި، މި ދަނޑިވަޅަކީ މެޝިނު ބޮޑަސް، ފައިސާ ޗާޕުކޮށްފެން ހިފެހެއްޓޭނެ ހާލަތެއް ނޫން ކަމަށެވެ. އަދި ބޯހަރުކަމާއެކު ރާއްޖެ ދެވަނަ ލަންކާއަށް ނުހެއްދެވުމަށް ރައީސް ޞޯލިޙަށް ވަނީ އިލްތިމާސްކުރައްވާފައެވެ. ހަމަ އެހެންމެ އީދު ނިމޭއިރު ތަކެތީގެ އަގު އިތުރަށް ގޯސްވާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.
ކޮވިޑަށްފަހު، ރާއްޖޭގެ އިގްތިސާދީ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށްވަމުނެވެ. ތަކެތީގެ އަގާއި، ޑޮލަރުގެ އަގު ރިކޯޑު މިންވަރަކަށް ބޮޑުވެފައިވާއިރު، ސަރުކާރުން މިކަންކަމަށް އެކަށޭނަ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެހެން ނަމަވެސް މިކަމަުގައި ސަރުކާރުގެ ހަމައެކަނި ޖަވާބަކަށްވީ، 6% ގައި ހުރި ޓެކްސް 8% އަށް އިތުރުކޮށް، ރައްޔިތުންގެ ފައިސާ އިތުރަށް ސަރުކާރަށް ހޯދައިގެން އިގްތިސާދު ހަމަޖެއްސުމަށް މަސައްކަތްކުރުމެވެ.
ތިއުޅެނީ އެއްޗެއް ހިތްޕަވައިގެންތޯ
ލިއުން ބަރާބަރު