ޚަބަރުސިޔާސީ

ދަރަނި ނަގައިގެން ތިކުރަނީ އިސްރާފު: ޑރ ޖަމީލް

ސަރުކާރުން ދަރަނި ނަގައިގެން ކުރިނީ ހުސް އިސްރާފު ކަމަށް ޕީޕީއެމް ގެ އެޑްވައިޒަރު އަދި ކުރީގެ ނައިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިވަގުތަކީ އެއްވެސް ބާވަތެއްގެ ޓެކްސްއެއް އިތުރުކުރަންޖެހޭ ވަގުތެއް ނޫން ކަމަށެވެ. އަދި ސަރކާރަށް އަމާޒުކޮށް، ދަރަނި ނަގައިގެން ތިކުރަނީ ހުސް އިސްރާފު ކަމަށް ވިދާޅުވިއެވެ.

މި ޓްވީޓިގައި ޑރ. ޖަމީލް ވަނީ ކިޑަކުރި ހަރަދެއް އެބަ އޮތްތޯ އާއި މިހާރު ތިބީ ދަރަނި ދަންތުރަ އެއްގައި ނޫންތޯ ސުވާލުކުރައްވާފައެވެ. އަދި އިތުރަށް އޮޅުވާނުލައި ރައްޔިތުންގެ ޖީބަށަ އަތް ބޭނުން ހުއްޓަލަން އިލްތިމާސް ކުރައްވަމުން ވަނީ ބައިސާ ކަންޑަން ތިއްވާ އިންދަޖެހުނީތޯ ސުވާލުކުރައްވާފައެވެ.

ޑރ. ޖަމީލް ގެ މި ޓްވީޓަކީ މުދަލާ ހިދުމަތުގެ އަގުން ނަގާ ޓެކްސް ސަރުކާރުން ބޮޑު ކުރަން ނިންމުމާ ގުޅިގެން ކުރެއްވި ޓްވީޓެކެވެ. އެގޮތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު މިއަދު ވިދާޅުވީ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ޓީޖީއެސްޓީ %12 އިން %16 އަށް އަދި ޖީއެސްޓީ %6 އިން %8 އަށް ބޮޑުކުރަން ނިންމާފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button