އުދަ އެރުމުގެ ސަބަބުން އިންޑިއާގެ އެފްކޮންސް އިން އައްޑޫ ސިޓީގައި ހަދަމުން އައި ބްރިޖް ހަލާކުވެއްޖެ
މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީއަށް އުދަ އަރައި އައްޑޫ ސިޓީގެ ހަންކެޑެ ސަރަޙައްދުގައި އިންޑިއާގެ އެފްކޮންސް ކުންފުނިން ހަދަމުން އަންނަ ބްރިޖަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
މިއަދު ހެނދުނުން ފެށިގެން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އުދައިގެ އަސަރުދަނީ ވަރަށްބޮޑަށް ކުރަމުންނެވެ.
އެގޮތުން އައްޑޫގެ އެކި ރަށްތަކަށް އުދަ އަރަމުންދާއިރު، މެންދުރު ދިޔަވަރު ބޮޑުވި ވަގުތު ވަނީ ހަންކެޑެ ސަރަޙައްދާއި އެހެންބައެއް ސަރަޙައްދުތަކުން ލިންކު ރޯޑަށްވެސް އުދަ އަރާފަ އެވެ.
އައްޑޫ ސިޓީއަށް އުދަ އެރުމުގެ ސަބަބުން އިންޑިއާގެ އެފްކޮންސް އިން ހަދަން ފަށާފައިވާ ބްރިޖް މަސައްކަތަށް އަޅާފައިވާ ފަސްގަޑާއި އެތަނުގައި ހުރި ބައެއް މެޝިނަރީ ހިމެނޭހެން ގިނަ ސާމާނުތަކަށްވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
އައްޑޫގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށްވެސް މޫސުން ގޯސްވެ އުދައަރަމުންދާތީ ރާއްޖޭގެ އެކި ހިސާބުތަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.