ޚަބަރު

ތިލަމާލެ ބުރިޖު އަޅަން ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރައިފި

ތިލަމާލެ ބުރިޖު އަޅަން ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

މިކަމާގުޅިގެން ފުލުހުން ބުނީ މިއަދު 14:15 ގައި ވިލިމާލޭ ފުލުހުންނަށް އެފަދަ ކަމެއް ފާހަގަކުރެވިގެން ހަރަކާތްތެރިވެފައިވާ ކަމުގައެވެ. އަދި މި ހާދިސާގައި 3 މީހަކަށް އަނިޔާވިއިރު، ސީރިއަސް ބޮޑު އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމުގައެވެ.

މިކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button