ޚަބަރު

މިއަދުގެ ޚުތުބާ އަކީ ލިވާތު ކުޅެ އެކަން ދިފާޢުކުރާ ބަޔަކަށް ރަނގަޅު ފިލާވަޅެއް: ޝެއިޚް ޢަލީ ޒައިދު

މިއަދުގެ ހުކުރު ޚުތުބާ އަކީ ލިވާތުކުޅެ އަދި ލިވާތު ދިފާޢުކުރާ ބަޔަކަށް ވަރަށް ރަނގަޅު ފިލާވަޅުތަކެއް އެކުލެވޭ ޚުތުބާއެއްކަމަށް ޝެއިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ފާހިޝް އަމަލުތައް ހިންގުމަށް ހިތްވަރުދީ އެކަން މަނާކުރުމަށް މަސައްކަތް ނުކުރާ މީހުންނަށް މާތް ގެ ކޯފާއެއް އައުމަކީ ދުރުގައިވާކަމެއް ނޫން ކަމަށް މިއަދުގެހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.

ފާހިޝް އަމަލުތަކާއި ދުރުވާށެވެ.” މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ މާތް ނަހީކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަނަމަ މުޖުތަމަޢުގައި ބަލިމަޑުކަމާއި ނާމާންކަން ފެތުރޭނެ ކަމަށެވެ.

ދުނިޔޭގައި ފެތުރެމުންދާ ބަލިތަކާއި ވަބާތަކުގެ ތެރެއިން އެންމެ ނުރައްކާތެރިކަން ބޮޑީ ޙަރާމް ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން އުފެދޭ ބަލިތައް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.އަދި ފާހިޝް އަމަލުތައް ފަތުރަން ލޯބިކުރާ މީހުނަށް ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބު ހުރިކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

މިކަމަށް ޢިޝާރާތް ކުރައްވާ ޝެެއިޚް ޒައިދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ މިއަދުގެ ޚުތުބާ އަކީ ލިވާތުކުޅެ އަދި ލިވާތު ދިފާޢުކުރާ ބަޔަކަށް ވަރަށް ރަނގަޅު ފިލާވަޅުތަކެއް އެކުލެވޭ ޚުތުބާއެއްކަން ފާހަގަ ކުރެވޭ ކަމަށެވެ.

އަދި ލިވާތުގެ މައްސަލަތަކަކީ ދަޢުލަތުން ވަރަށް ސީރިއަސްކޮށް ނަގަންޖެހޭ ކަމެއް ކަމަށާއި، މިޢަމަލު ހިންގާ މީހުން ހައްޔަރުކޮށް ވަރުގަދަ ޢަދަބު ދެވެންޖެހޭނެކަމަށް ޝެއިޚް ޒައިދު ވަނީ ވިދާޅުވެފައެވެ.

މިފަދަ ޢަމަލުތައް ހިންގާ މީހުން މުޖްތަމަޢުއަށް ދޫވެފައި ތިބުމަކީ  އަޚްލާގީ ނުރައްކަލެއް ކަމަށްވެސް ޝެއިޚް ޒައިދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި އެއްޖިއްސުން ގުޅުން ހިންގުން އާންމުވެ ދީނީ ޢިލްމުވެރިންނާއި އާއްމު ރައްޔިތުން ކަންބޮޑުވުން ފާޅުކުރި ނަމަވެސް ފުލުހުންގެ މުއައްސަސާއިން ބުނީ އެފަދަ ފަރާތްތައް ހައްޔަރު ކުރުމަށް ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.

މިކަމާއި ގުޅިގެން އާއްމު ރައްޔިތުންގެ ފާޑުކިޔުން ވަނީ ފުލުހުންނާއި ސަރުކާރަށް އަމާޒުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button