ޚަބަރު

ގުޅީފަޅު ސައިޓުގެ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިއްޖެ

ގުޅީފަޅު ސައިޓުގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، އިންސާނެއްގެ ހަށިގަނޑުގެ ބައެއް އެ ސަރަހައްދުން ފެނިއްޖެކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އިއްޔެގެ ވަގުތެއްގައި އެމްއެންޑީއެފަށް އިންސާނެއްގެ ހަށިގަނޑުގެ ބައެއް އެފްކޮންސް ކުންފުނީގެ މަސައްކަތްތެރިން ތިބޭ ގުޅިފަޅު ސައިޓުން ފެނިފައިމިވަނީ، މީހަކު ގެއްލިގެން އެކަމުގެ ޝަކުވާ އެ މަސައްކަތްތެރިން ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެ މީހާ ނުފެނިގެން އެކަމުގެ ހިތްހަމަނުޖެހުން އެމީހުންވަނީ ފާޅުކޮށްފައެވެ.

ގުޅީފަޅުގައި އެފްކޮންސް މަސައްކަތްތެރިން ހަރަކާތްތެރިވާ ސަރަހައްދުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ގެއްލިގެން ހޯދަމުން ދިޔައިރު، އެ ހާދިސާގައި 76 މީހަކަށްވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އަލިފާނުން ސަލާމަތްވުމަށްޓަކައި ބައެއް މީހުން އިމާރާތްތަކުން ފުންމާލާފައިގން އަތްފައި ބިނދި އެކި ވަރުގެ ޒަހަމްތައް ލިބިފައިވާއިރު، އެއްބަޔަކު ވަނީ ފިތުމުގެ ސަބަބުން ޒަހަމްވެފައެވެ.

މީހަކު ގެއްލިގެން ހޯދަނިކޮށް، ފެނިފައިވަނީ ހަށިގަނޑުގެ މަތީބައިކަމަށް ”ދައުރު“ ނޫހުގައި ބުނެފައިވެއެވެ. އަދި އެކަމާ ގުޅިގެން ފުލުހުންވެސްވަނީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް އެ ސަރަހައްދުން ފެނިފައިވާކަމަށް މީޑިއާތަކަށް މައުލޫމާތު ދީފައެވެ. އަދި ކަމާގުޅޭ ތަހުލީލުތައް ކުރަމުންދާކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button