ޚަބަރުސިޔާސީ

މުހައްމަދު އިސްމާއިލް އާއި ޝެއިޚް ނިޝާން އާއި ފަޟްލޫނާ ދެކޮޅަށް ބަޔާން ދޭން ފުލުހުން ހުށަހެޅި: ޓަކީ

ޖޫން މަހުގެ 21 ވަނަ ދުވަހުގައި ސަރުކާރާއި އިންޑިއާއިން ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވި މައްސަލައިގެ ތުހުމަތު ކުރެވޭ ޝެއިޚް އާދަމް ނިޝާން އާއި، ޝެއިޚް ފަޟްލޫން ބިން މުހައްމަދުގެ އިތުރުން ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ މުހައްމަދު އިސްމާއިލް އާއި ދެކޮޅަށް ބަޔާން ދޭން ހުށަހެޅި ކަމުގައި އެ މައްސަލައިގައި 5 ދުވަހަށް ބަންދު ކުރުމަށްފަހު ދޫކޮށްލި ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހިމް ރަޒާން (ޓަކީ) އަށް ފުލުހުން ހުށަހަޅައިފިއެވެ.

ޓަކީ މިރޭ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްފަހު ”ބޮންތި“ އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ފުލުހުން ޝެއިޚް ނިޝާން, ފަޟްލޫން އަދި މުހައްމަދު ޔޯގާ ހަމަ ނުޖެހުން ހިންގި ކަމަށް ބުނެ ބަޔާން ދިނުމަށް ފުލުހުން އޭނާ އަށް އެންގި ކަމުގައެވެ. އަދި ޓަކީ އެގޮތަށް ބަޔާން ދީފި ނަމަ، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޔޯގާ ޑޭ ހުއްޓުވުމުގެ ހަރަކާތް އިސްކޮށް ރާވައި ހިންގުމުގެ މައްސަލަ އަނބުރާ ގެންދާ ފަދަ މޭރުމުކުން ފުލުހުން ވާހަކަ ދެއްކި ކަމުގައި އޭނާ ވިދާޅުވިއެވެ.

”ބޮޑަށް ބެލެވެނީ އަޅުގަނޑުގެ މައްސަލަ ނިންމައިދޭނަމޭ އެމީހުނާ ދެކޮޅަށް ބަޔާން ދީފިއްޔާ.“ ޓަކީ ވިދާޅުވިއެވެ.

ޓަކީ ވަނީ އޭނާ ފްރޭމް ކުރި މައްސަލައިގައި ދައުލަތާއި ދެކޮޅަށް ދައުވާ ކުރަން ނިންމާފައެވެ.

އޭނާގެ ބަންދަށް 5 ދުވަސް ޖެހުމަށްފަހު ދޫކޮށްލީ މިމަހުގެ 28 ވަނަ ދުވަހުގައެވެ. އޭނާ ދޫކޮށްލީ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button