ޚަބަރު

ބަނގުރާ ކައްކަން ތިއްބާ އަތުލައިގަތް އިންޑިއާ 2 މީހުންގެ ބަންދަށް 30 ދުވަސް

ހެންވޭރު ރޯޝަނީ މަގުގައި ހުންނަ ގެއެއްގައި ބަނގުރާ ކައްކަން ތިއްބާ އަތުލައިގަތް އިންޑިއާ 2 މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފިއެވެ.

ހެންވޭރު ގެއަކުން ދުން އަރާތީ އެކަން ފުލުހުންނަށް ރިޕޯޓު ކުރީ މި މަހުގެ 13 ވަނަ ދުވަހުގެ ފަތިހު 6:12 ހާއިރެވެ. ބާރުގެ ބޭނުން ކޮށްގެން ފުލުހުން އެ ގެއަށް ވަތްއިރު، ބަނގުރާ ކައްކަން ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު އެ ގޭ ތެރެއިން ފެނިފައިވެއެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އިންޑިއާ ދެ މީހުންކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން އެ މީހުން ހައްޔަރުކޮށްފައި ވަނީ ގަވާއިދާއި ހިލާފަށް ބަނގުރާ ބޭނުންކޮށް ގެންގުޅޭ އެ ތަކެތީގެ ވިޔަފާރި ކުރާ މައްސަލައިގައެވެ. ކޯޓު އަމުރުގައި ބުނެފައިވަނީ އެމީހުން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ލިިބިފައިވުމުންނާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، ތުހުމަތު ކުރެވޭ މައްސަލައިގައި ބޭނުންކޮށްފައިވާ އާލާތްތަކުގެ މަންޒަރާއި ފޮޓޯ ހުށަހެޅުމަށްފަހުއެވެ. އެމީހުންގެ ބަންދަށް ކޯޓުން ދީފައިވަނީ 30 ދުވަހެވެ.

ކަލިދުރައި ސެންތިލްމުރުގަން ނަމަކަށް ކިޔާ މީހަކު ބަނގުރާ ކައްކަނިކޮށް މީގެ ކުރިން ތިލަފުށިން ވަނީ ހައްޔަރު ކުރުމަށްފަހު 15 ދުވަހަށް ބަންދު ކޮށްފައެވެ. އެކަމަކު އޭނާގެ ބަންދުގެ މުއްދަތު ހަމަވެ، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އިސް ގާޒީ އަހުމަދު ޝަކީލު ވަނީ 5 އޮކްޓޯބަރުގައި އެމީހާ ދޫކޮށްލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button