ކޮލަމް

މިއީ އެޒަމާނެވެ.

ނޯޓް: ކިޔުންތެރިންގެ އެދުމުގެ މަތިން މި ކޮލަމްގައި ފުރަތަމަ ޝާއިއުކުރި ފޮޓޯ ވަނީ ބަދަލު ކުރެވިފައެވެ. 

އޭ ރަޙުމަށް ތެރިޔާއެވެ. ޣައިރު ދީންތަކަށް އަޅުކަންކުރުމާ، އެއްޖިންސުން ގުޅުން ހިންގުމާ، އިސްލާމްދީނަށް ފުރައްސާރަ ކުރާމީހުން ޙިމާޔަތުގައި މިސަރުކާރުން އަޅުދާސްވެ މިކުރާކަންތަށް ތިބާއަށް އެނގޭ ހެއްޔެވެ؟

އެނގޭހާވެސް ކަމަކީ މަގުމަތީވެސް ޒިނޭކުރާނެ ޒަމާނެއް އަންނާނެކަމެވެ. މަރާލި މީހާއަށް މަރާލެވުނީ ކީއްވެކަން ނޭނގި މީހުން މަރާނެ ޒަމާނެއް އަންނާނެއެވެ. ހެދުން ލައިގެން އޮރިޔާމާ އުޅޭ އަންހެނުންތަކެއް އުޅޭނެ ޒަމާނެއް އަންނާނެއެވެ. ވައްކަން ރޯމާދުވާލު ކުރާނެ ޒަމާނެއް އަންނާނެއެވެ. ބޭނުން ދީނަކަށް ބޭނުން މީހަކު އުޅޭނެ ޒަމާނެއް އަންނާނެއެވެ. އަންހެންދަރިން ބަނޑުން އަމިއްލަ ބައްޕަގެ ދަރިން އުފަންކުރާނެ ޒަމާނެއް އަންނާނެއެވެ. ހަޔާތެއް، ލަދެއް، އަގެއް ނެތް ޒަމާނެނެއް އަންނާނެއެވެ. އެދުވަހު ހިތަށްއެރިއެވެ.

”އެއީ ހަމަ ވެދާނެކަމެއްބާއެވެ؟ އެހާ ލަދުކުޑަ ދަރަޖައަކަށް މީހުން ވެއްޓޭނެ ޒަމާނެއް އަންނާނެބާއެވެ؟“

އޭ ރަހުމަށްތެރިޔާއެވެ. މިއަދު މިއޮތީ އެޒަމާނެއް އައިސްފައެވެ. ލިވާޠަކީ އެންމެ ބޮޑުވެގެންވާ އެއް ޖަރީމާއެވެ. މިއަދު މިއުޅެން ޖެހެނީ ފަރުދާއެއް މޫނުމަތީ އަޅައިގެންނެވެ. ގައުމުގެ އިއްޒައްތެރިން ލިވާޠުގެ ނުބައި ޖަރީމާ ހިންގައިފިޔެވެ. ގައުމުގެ ގާނޫނުތައް ހަދާ ނަގަހައްޓާ މީހުން ވެސް މިކަމުގައި ބައިވެރި ވެއްޖެއެވެ. ތަޙުގީގީ އިދާރާތަކުގެ ހާލަކީވެސް މީއެވެ.

ރައްޔިތުންނޭވެ. ސިއްރާއި ފާޅުގައި އެއްޖިންސުން ގުޅުން ހިންގުން މާރުކޭޓުގައި ކަނޑުމަސް ވިއްކުން ފަދަ ވެއްޖެއެވެ.

މާތް ރަސްކަލާނގެ ހަރާމް ކުރެއްވި ފާހިޝްކަން ބޮޑުވެގެންވާ ލިވާތުކުރުން (އެއްޖިންސުން ގުޅުން ހިންގުން) އެއީ އިންސާނީ ހައްޤެއް ކަމަށްދެކި، އެކަން ހުއްދަވާން ޖެހޭނެ ކަމަށް ދެކި އަދި އެކަމަށް ތާއީދުކޮށް ވާހަކަދައްކާ މީހުން މިތިބީ ސަރުކާރުގެ އިސް ފަޑީގައެވެ. މިނިވަންކަމަކީ މިއީ ހެއްޔެވެ. ބިރަކާނުލައި މަޖާކުރުން މީ މިސަރުކާރުގެ ޝިއާރަކަށް ހަދާން ވެރިކަމަށް އައިސް މިކުރާހާވެސް ކަމަކީ ރަލާއި މަސްތުވާތަކެތި ހުއްދަކޮށް، ފާޙިޝް މުންކަރާތްތައް ފެތުރުމަށް މި ވެރިންގެ އޮފީސްތަކާއި، ގެތަކާއި އަދި ދުވަހު ކުލީ ކޮޓަރިތައް ކުލަބުތަކަށް ބަދަލު ކުރުމެވެ. ގުރޫޕް ހަދައިގެން ބޮޑެތި ހަފުލާތައް ބާއްވައި، ބަރަހަނާކަން ޢާންމުކޮށް، މަސްތީ ލައްޒަތުގައި ޖެހި، އެއްޖިންސުން ގުޅުން ހިންގާ މަންޒަރު މިވަނީ ލޯތަކަށް ފެނި މިވެރިން ފަލީހަތް ވެފައެވެ.

މާތް ރަސްކަލާނގެ ކޮންމެ ކަމެއްވެސް ޝަރްޢު ކުރައްވާފައިވާނީ، އަދި ނަހީ ކުރެއްވި ކަމެއް ނަހީ ކުރައްވާފައިވަނީ ވެސް ވަރަށް މަތިވެރި ޙިކްމަތަކަށްޓަކައެވެ. އެއީ އިންސާނުންނަށް އަމާން ދިރިއުޅުމެއް ހޯދައި ދިނުމަށާއި، އެމީހުންގެ އަބުރާއި، ބުއްދި އާއި، ޞިއްޙަތާއި، ނަފްސާއި ދީން ރައްކާތެރިކޮށް ސަލާމަތްކޮށް ދިނުމަށްޓަކައެވެ. އިންސާނުންގެ ފިޠްރަތު ސަލާމަތް ކޮށް ދިނުމަށް ޓަކައެވެ.

އެއްޖިންސުން ގުޅުން ހިންގުން ހިތަށްވެސް ނުގެނެވޭހާ ޢާންމުވެއްޖެއެވެ. ރަސޫލާއަށް ފުރައްސާރަކޮށް ހަޖޫޖަހަނީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. މާތްވެގެންވާ އިސްލާމްދީން ދޫކޮށް މުރުތައްދުވަނީ ފާޅުގައެވެ. ޝިރުކުގެ ނުބައި އަމަލު މިހާރު ކަސްރަތަކަށް ހަދައިފިއެވެ. މިނުބައި އަމަލުތައް ކުށްވެރިކުރާ އެތައް ދީނީ ޢިލްމުވެރިއެއްގެ މައްޗަށް ޝަރީޢަތް ހިންގާ ނުހައްގުން ޖަލުތަކު ތޭރިތަކުގައި ވަނީ ބަންދު ކޮށް ދޫތަކުގައި ތަޅު އަޅުވާފައެވެ.

އަދިވެސް ހޭ އަރާކަށް ނުވޭތޯއެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް މި ފިކުރުގެ ވަބާ ކަންބޮޑުވާ ދަރަޖައަށް ފެތުރި، އޭގެ ނުރައްކާ މިވަނީ ފޯރަން ފަށާފައެވެ. މަތީފަޑިން ފެށުނު މި ވަބާ މިއަދު މިވަނީ ޢާންމުގެ ތެރެއަށް ފެތުރެން ފަށާފައެވެ. އެބައިމީހުންގެ ކުލަވަރުގައި ޖެހި ރޭގަނޑާއި ދުވާލު ވަކިނުވާވަރު މިވަނީ ވެފައެވެ.

އޭ ބާރުހުރި ވެރިންނޭވެ. މާތް ރަސްކަލާނގެ ތިޔަބައި މީހުންނަށް ދެއްވާފައިވާ ބާރުގެ ބޭނުން ހެޔޮގޮތުގައި ހިފައި އެއިލާހުގެ ދީނަށް ފުރައްސާރަކުރަން ޖާގަ ނުދެއްވާށެވެ. އެއިލާހުގެ ޝަރީޢަތަށް ގޮންޖަހައި އާ މޮޅު ގޮތްތަކެއް ހޯދޭނެކަމަށް ނުދެކޭށެވެ.

އަދި އެނގޭހެއްޔެވެ؟ ނަމާދު ކުރުމަކީ މިއަދުގެ މުޖުތަމަޢުގައި ހައްދުފަހަނައެޅުން ކަމަށް ދެކެން ފަށައިއެވެ. ބައެއް މީހުން ޖެއްސުމަށް ބުނެއެވެ.

އެއްކަލަ ސޮރު ކުއްލިއަކަށް ނަމާދުކުރަން ފަށައިފިއެވެ. ފޭސްބުކަށްވެސް ދީނީ އެއްޗެހި ލާން ފަށައިފިއެވެ. އޭނާ މުޅިން އަނެއް އަތަށް އަޅައިފިއެވެ.

ދާދި މިދާކަށް ދުވަހު މިސަރުކާރުން ޔޯގާގެ ނަމުގައި ޝިރުކުގެ ނުބައި އަމަލު ހުއްޓުވަން ނުކުތް ބަތަލުންގެ ފިޔަފަތްތައް ކޮށައި ތިރިކޮށްލިއެވެ. ނަބިއްޔާ އަށް ފުރައްސާރަކުރި މީހުން، އެއްޖިންސުން ގުޅުން ހިންގި މީހުން އަދި ޝިރުކުގެ ނުބައި އަމަލު ހިންގި މީހުން މިނިވަންކަންމަތީ ޖައްވުގައި އުދުހިލާ އުދުހިލާ އުޅެވެއެވެ. ލޮލުން ކަރުނަ އާދެއެވެ. ކިޔޭނެ އެއްޗެއް ކުރެވޭނެ ކަމެއް އަހަރުމެން ކަހަލަ ނިކަމެތި މީހަކަށް ނެތެވެ. ހަރާމް ހަލާލު ވެއްޖެއެވެ. މީ އެބުނާ ފަހު ޒަމާނެވެ. އަސަރާއެކު ދުނިޔެ އިންތިޒާރު ކުރަނީ ޤިޔާމަތަށެވެ.

މުސްލިމް ވެރީން ސިޔާސީ މަންފާ ހޯދުމަށް މުސްލިމް އަޚާއާއި ދެކޮޅަށް ކާފަރުންގެ މަދަދަށް އެދުމުގެ ނަތީޖާއަކީ އަމިއްލަ ވަޠަނުގައި އަޅުވެތިވެ ޤައުމު ދޫކޮށް ދާންޖެހުމެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ޤައުމާއި މެދު ނަޒަރު ހިންގާލާށެވެ. މި ފަސްގަނޑުގައި މިއަދު ހިނގަމުން މިދަނީ އިސްލާމްކަމުގެ ޖޯޝާއި ފޯރި ހުރި އެއްވެސް މުސްލިމަކު ދެކެން ބޭނުންވާނެފަދަ ކަންކަމެއް ނޫނެވެ. ލާދީނިއްޔަތަށް ގޮވާލާ ގޮވުންތައް އިންތިހާއަށް އިތުރުވެއްޖެއެވެ. ޤައުމުގެ އެތެރޭގެ ކޯޅުންތައް ބޮޑުވެ، ބޭރުގެ ބާރުތަކުގެ އަތްދަނޑި މައްޗަށް ސައްތައިން ސައްތަ އިސްލާމީ ކުޑަކުޑަ މުޖުތަމަޢެއް ދޫކޮށްލުމުގެ ބާބު ފެށިއްޖެއެވެ. ދީނަށް ފުރައްސާރަކުރާ މީހުންނަށް މިނިވަންކަން ދޭންޖެހޭ ކަމަށްބުނެ އަޑު އުފުލައި، ދީނަށް އުޅުމީ ކުށެއްކަމަށް ހަދައިފިއެވެ. ’އިސްލާމް‘ މި ލަފްޒަކީ ބިރުވެރި އެއްޗަކަށްވެ، ދީން ދަންނަ ބަޔަކު ވިއްޔާ، ހިންގުމުގެ ނިޒާމުން ފެޔަށް ޖެއްސުމުގެ މަޝްރޫޢެއް ފަށައިފިއެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

ލިވާޠަކީ އެންމެ ބޮޑުވެގެންވާ އެއް ޖަރީމާ އެވެ. އެންމެ ހަޑިހުތުރުކަން ބޮޑު އެއް ފާފައެވެ. ދުވަހަކުވެސް އެއްވެސް ގައުމެއްގެ މީހުންގެ މައްޗަށް ނުފޮނުއްވާ ވަރުގެ ވަރުގަދަ ކޯފާ އާއި ޢަޛާބު ލިވާޠު ކުރަމުން ދިޔަ ގައުމެއްގެ މީހުންގެ މައްޗަށް ފޮނުއްވިއެވެ. މާތް ރަސްކަލާނގެ އަޅަމެން އެންމެން އެފަދަ ނުބައި ކަންތަކުން ދުރުހެލި ކުރައްވާ ސަލާމަތް ކުރައްވާށިއެވެ.

8 Comments

  1. އިސްލާމްދީނުގެ ނަމުގައި ރަނގަޅު ހެޔޮ ވާހަކަ ދައްކާއިރު ތިޔަ ފޮޓޯ ތޮގޮތަށް ބޭނުންކުރުން ޝަރުޢީ ގޮތުން ހުއްދައެއް ނުވާނެ. ފޮޓޯ ބަދަލުކޮށްލައްވާ.

  2. ތިޔަ ފޮޓޯ ތޮގޮތަށް ބޭނުން ކުރައްވުމަކީ ތިޔަ ފާޙިޝް އަމަލަށް ހިތްވަރު ދިނުން. އަދި އަޅުގަނޑުމެންގެ މާތްﷲގެ ޙަޟްރަތުގައި ގަޒުފްގެ ގޮޅިއަކަށް ފެތޭނެ ކަމެއް. ތިހެން ްނަހައްދަވަން ނަސޭހަތްތެެިވަން. އަދި ތިއީ ޤާނޫނީ ނަޒަރަކުން ވެސް ރަނގަޅު ކަމެއް ނޫން

  3. This pic can put you in a legal case. The pic is inappropriate as the people in the pic can’t be 100% associated with gay. You can use Nazim and Alamgiri pics however that also will promote the cause. So it’s recommended to remove the pic with something appropriate

  4. ވަރަށް ދަށް ލެވަލްގެ އަބުރުކަތިލުމެއް ތި ގެންގުޅެނީ. މި ނޫހުގެ ޓުއިޓަރ އެކައުންވެސް ބުލޮކްވެފައިވަނީ އެ ސްޓޭންޑަޑް ނުހިފަހައްޓާތީ

  5. ޔާމިނާ ރުބެލްއާ ރެޑްވޭވްސަލީމާ ފަރެސްމާތޮޑާ ހުސެން ނާއި ފިނިފެންމާ ސައިދާ އާދަމް ޝަރީފުގެ ފޮޓޯ ލާފަ ތިބެނާހެދިނަމަ ވެސް ހަމަ އޯކޭ ވީސް. ކޮން ސަބަބކާހެދި ގާސިމް ގެ ފޮޓެއް މައުމޫނުގެ ފިޓޮއެއް ތިބޭނުންކުރަނީ. ތިއީ ވަރަށް ދަށް ލެވަލްގެ ބުރޯ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button