ވެރިކަން ކުރާ އެމްޑީޕީއިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޖޯކުޖެހި ހުރިހާކަމެއް އިއާދަކޮށްފި ކަމަށް ކުރީ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ ވެރިކަމަށް އައުމަށްޓަކައި މިނިވަން ނޫސްވެރިކަމަށް އެންމެ ބޮޑަށް ވަކާލާތުކުރެއްވި އެމްޑީޕީގެ ސަރުކާރާއި، އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ގޮތަށް ހެއްކާ ބެހޭ ބިލަށް ހުށަހެޅި އިސްލާހު މިއަދު މަޖިލީހުން ފާސްކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ޖަމީލް ވިދާޅުވީ އެމްޑީޕީ މިއަދު ރައީސް މައުމޫނަށް ޖޯކުޖެހި ހުރިހާމެއް އިއާދަކޮށްފި ކަމަށާއި، އެހެންނަމަވެސް މަޞްދަރު ހާމަކުރާ ޤާނޫނު ބާޠިލްކަމަށެވެ.
މީގެ އިތުރަށް ޖަމީލް ވިދާޅުވީ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާ އެ ޤާނޫނުގެ މައްޗަށް ފުށުއަރާ ކަމަށެވެ. އަދި އެކަން ޤާނޫނު އަސާސީ ގެ 268 ވަނަ މާއްދާގައިސާފުކޮށްދީފައިވާ ކަމަށާއި ޗާޓުން ބޭރުން ނުކުޅެވޭނެ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީ #mdpމިއަދު ރައީސް މައުމޫނަށް ޖޯކުޖެހި ހުރިހާމެއް އިއާދަކޮށްފި .އެހެނަސް މަޞްދަރު ހާމަކުރާ ގާނޫނު ބާޠިލް. ގާނޫނު އަސާސީގެ 28 ވަނަ މާއްދާ ގާނޫނުގެ މައްޗަށް ޕްރިވެއިލްވާނެ . އަދި އެކަން ގއ ގެ 268 ވަނަ މާއްދާގައި ސާފުކޮށްދީފައިވޭ. ޗާޓުން ބޭރުން ނުކުޅެވޭނެ. pic.twitter.com/igoswVky4e
— Mohamed Jameel Ahmed (@MJameelAhmed) June 30, 2022
މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ގޮތަށް މި ބިލް މަޖިލީހުން ފާސްކޮށްފައިވަނީ މި ބިލްގައި ހިމެނޭ ބައެއް މާއްދާ ތަކާއި ގުޅިގެން މަޖިލިސް އިދާރާ ކައިރީގައި ނޫސްވެރިން އިހްތިޖާޖު ކުރަމުން ދަނިކޮށެވެ.
ހެއްކާއި ބެހޭ ޤާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހުގެ ބިލް ހުށައަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣުނީ އެވެ. އަދި މި ބިލާއިގުޅިގެން ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހެއްކާއި ބެހޭ ގަނޫނުގެ 136 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހެވެ.