ޚަބަރުސިޔާސީ

ނަޝީދު އިތުރު ފަރުވާއަށް އިނގިރޭސިވިލާތަށް!

6 މޭގެ ބޮމުގެ ހާދިސާގައި ރައީސް މުހަންމަދު ނަޝީދަށް ލިބިވަޑައިގަތް ޒަހަމްތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު އިނގިރޭސި ވިލާތަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނު މިއަދު އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ ޖަރުމަނުގެ ޑޮކްޓަރުން އެގޮތަށް ލަފާދެއްވުމާ ގުޅިގެން ކަމަށެވެ.

ހަމަލައާގުޅިގެން ނަޝީދަށް އަވަސް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމާއި ޖަރުމަންވިލާތުގެ ޑޮކްޓަރުން ކޮއްދެއްވި މަސައްކަތް ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި ޖަރުމަނުގައި ހުންނަވާ އެންބެސެޑަރާއި، އެންބަސީގައި މަސައްކަތް ކުރައްވާ މުވައްޒަފުންނައްވެސް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
6 މޭގެ ހަމަލާގައި ލިބިވަޑާގަތް ޒަހަމަތަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމައްފަހު އެމަނިކުފަނު އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގަތީ 13 މޭގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button