ފަހަކަށް އައިސް ބޮޑެތި ފާހިޝް އަމަލުތައް ހިނގަމުންދަނީ އެއްވެސް ލިމިޓެއް ނެތި ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
“ތައްޔާރު” ނަމުގައި ރޭ ބޭއްވި ޖަލްސާގައި ފާއިތުވެދިޔަ ހަފްތާ ލީކުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކަށް އިޝާރާތް ކުރައްވާ ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ އެފަދަ ފާހިޝް ކަންތައްތަކުގެ ވާހަކަ ޖަލްސާގައި ދައްކަން ބޭނުންފުޅުނުވާ ކަމަށެވެ. އެހެން ނަމަވެސް މިހާރު “ބޮޑެތި، ބޮޑެތި” ކަންތައްތައް ވަމުން އެދަނީ ލިމިޓެއް ނެތިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖްލީހުގެ ރައީސް މުހަންމަދު ނަޝީދަށް އަމާޒުކޮށް ވިދާޅުވީ މުއައްސަސާ ތަކުގެ ވެރިން އެބޭފުޅުންގެ ޒިންމާ އަދާނުކުރައްވާކަމަށެވެ. އަދި މައްސަލައެއްގެ ތަހުގީގަށް ފުލުހުންގެ އިދާރާއަށް މީހަކު ހާޒިރު ނުކުރެވޭނެ ކަމަށް ވަކިބޭފުޅަކު ވިދާޅުވިނަމަވެސް އެކަން އެގޮތަށް ނުވާނެކަމަށެވެ.
“އަޅުގަނޑަށް ކަށަވަރު މުއައްސަސާތަކުގެ ވެރިންގެ ބޮލުގައި މާތް ރަސްކަލާނގެ ޒިންމާއެއް އަޅުވާފައި އެބައޮތްކަން. އެބޭފުޅުން ޒިންމާ އަދާކުރައްވާނެ. އެވާހަކަ ދެއްކުމުގެ މާނައެއް ނެތް. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ދައުލަތުގެ ޒިންމާ އަދާކުރަން ހުރި އެއްވެސް ވެރިއަކު އަދި އެއްވެސް މީހަކު އެމީހެއްގެ ޒިންމާ އަދާކުރުމުގައި ފަހަތައް ޖެހިގެން ނުވާނެއޭ. މާތް ރަސްކަނލާގެ ކޯފާއެއް ދިވެހިރައްޔިތުންނަށް ކުރިމަތިވާކަށް އަޅުގަނޑުމެން ނޭދެން.“ ގާސިމް ވިދާޅުވިއެވެ.
މި ޖަލްސާގައި ގާސިމްވަނީ އެމަނިކުފާނު 2023 ވަނަ އަހަރުގެ އިންތިހާބަށް ނުކުމެވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ. އަދި އިންތިހާބަށަ ތައްޔާރުވުމަށް ކުރަން ހުރި މަސައްކްތައް ފާހަގަކުރައްވާ، އެޕާޓީގެ އެންމެހާ މެންބަރުންނަށް ވަނީ ހިއްވަރުދެއްވިވެއެވެ.
ސާބަހޭ ސޮރާ. ކީއްވެތަ އަތްނުލާ އައްދޮ ތިޔަގޮވަނީ. ސަަފުކޮށް މިއޮތީ ސަރުކާރުގެ އިސްވެރީ ފާޅުގަ ދީނަށް ފުރައްސާރަކޮށް ފާހިޝް އަމަލްތައް މެކުހައްޖަހާފައި. ދެން ތިމާގެ އަމިއްލަ އެދުން ބޮޑުކަމުން ސަރުކާރަށް ހުޝާމަތު ކުރައްވާނޭ ކަމެއްނެތް. ކޯފާ އަންނައިރު ތިބާގެ ބައިވެރިވުން މިގައުމު ފަސާދައިގައި ފުޅާކޮށް ހިމެނޭކަން އެގެން އެބައޮތް.