އެއްޖިންސުން ގުޅުންހިންގުން ފަތުރަން އިނގިރޭސިވިލާތުން 2.7 މިލިއަން ޕައުންޑު ދެނީ

ކޮމަން ވެލްތުގެ ގައުމުތަކުގައި އެއްޖިންސުން ގުޅުން ހިންގުން ފެތުރުމަށް 2.7 މިލިއަން ޕާއުންޑު ދިނުމަށް ސިންގިރޭސިވިލާތުން ނިންމައިފިއެވެ.
ރުވާންޑާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ހެޑްސް އޮފް ގަވަމެންޓްގެ ބައްދަލުވުމެއްގައި މިކަން އިއުލާންކުރިއިރު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސާލިޙްވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެ ހިމެނޭގޮތުން ކޮމަންވެލްތުގައި 6 އިސްލާމީ ޤައުމު އޮންނައިރު އެ ހުރިހާ ޤައުމެއްގައިވެސް އެއްޖިންސުން ގުޅުން ހިންގުމަކީ ކުށެކެވެ. އެހެން ނަމަވެސް ޒަމާނުއްސުރެ ކޮމަންވެލްތު މެދުވެރިކޮށް މިފަދަ ކަންކަން ފެތުރުމަށް އިނގިރޭސިވިލާތުން ދަނީ މަސައްކްތ ކުރަމުންނެވެ.
ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ދައުރުގައި ދިވެހިރާއްޖެ ކޮމަންވެލްތުން ވަކިވީވެސް މިސަބަބަށެވެ. އެއިރުވެސް ކޮމަންވެލްތުން ޑިމާންޑުކުރީ ދިވެހިރާއްޖޭގައި އެއްޖިންސުން ގުޅުން ހިންގުމަށް ފުރުސަތު ދިނުމަށެވެ. އަދި އެކަމަށް އެއްބަސް ނުވުމުން ކޮމަން ވެލްތުން ވަނީ ރާއްޖެއާއި މެދު ފިޔަވަޅު އެޅުމަށް މަސައްކްތް ކޮށްފައެވެ. އެހެން ނަމަވެސް އެހާ ހިސާބުން ރައީސް ޔާމީން ވަނީ ކޮމަންވެލްތުން ރާޢްޖެ ވަކިކޮށްފައެވެ
2018 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުން ވަނީ ކޮމަންވެލްތު ޤައުމުތަކުގައި އެއްޖިންސުން ގުޅުން ހިންގުން ފެތުރުމަށް 11 މިލިއަން ޕައުންޑު ހަރަދުކޮށްފައެވެ.
އެއީދޯ ކޮމަންވެލްތުންރާއްޖެވަކިވަންޖެހުނުސަބަކީ ސާބަހޭ ޔާމީން
denraees sOlihu kanthahkuree kihinehbaa hevifa thaaeedukureeba
ހައްދަވައިގެން ތެދެއް ނުހަދާތި.. ކޮމަންވެލްތަކުން އެއްވެސް ގައުމެއްގެ ދީނީ ކަންކަމާބެހިއެއްނުހަދާ.. އަދި ތިބުނި 6 ގައުމުގަ ގާނޫނީގޮތުން މަނާ ކަންކަން ހުއްދަކުރާކައް ޑިމާންޑެއް ނުކުރާނެ.. ޔާމިނު ކޮމަންވެލްތުން ވަކިވީ މިތަނުގަ ކުށެއްނެތް އެތައްބަޔަކު ޖަލުތަކައްލާ ސަރުކާރުން ގާނޫނާޙިލާފު އެތައްކަމެއް ކުރުމުން އެކަންކަމައް ޖަވާބު ނުދެވި އަނގަބަންދުވީމަ އެކަންކަންކުރަން ހުރަހަކައް ކޮމަންވެލްތު ވާނެތީ ގޮތްހުސްވީމަ…
ކަންކަން އޮޅުވާލަން އުޅުނަސް ތީފުކެއްބޮޑުވަރު.. އަދި ވަގައް ވޯޓުލައިގެން ވެރިކަމައް އެރި ޔާމީނައް ތާއިދުކުރިއަސް އިއްޔެވީކަމެއްހެން ރައްޔިތުންނައް ހަގީގަތް އިނގޭ..