ރިޟްވާން އާއި ޔާމީންގެ މަރުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ގެއްލިފައިވާ ދެ ނޫސްވެރިން ކަމަށްވާ އަޙްމަދު ރިލްވާނާއި، ޔާމީން ރަޝީދުގެ މައްސަލައިގެ ތަހުގީގަށް ހައްޔަރުކުރި ތިން މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
އެގޮތުން އެ ދެމައްސަލައާއި ގުޅޭ ޖިނާއީ ކުށްތައް ރާވައި ހިންގުމާއި، އެ ކުށް ހިނގުމަށް މަގުފަހި ކުރުވައި، ޓެރަރިޒަމްގެ އަމަލުތައް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްލައާއި ގުޅިގެން ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ އަޙްމަދު އިސްމާޢީލް (39އ)، އަޙްމަދު މުޢާޒު (40އ) އަދި އިސްމާޢީލް ޢަބްދުރަޙީމް އާދަމް (30އ) އެވެ.
މިކަމާ ގުޅިގެން މަރުކޮމިޝަނުގެ މެންބަރު މިސްބާހް އައްބާސަ ވިދާޅުވީ ކްރިމިނަލް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދަށް އަމުރުކުރަން ބޭނުންވާ ވަރަށް އެ މީހުންގެ މައްޗަށް ހެކި ހުރިކަމަށް ނިންމާފައިކަމަށެވެ.
މީގެ ކުރިން މި މައްސަލައިގައި އާލިފް ރައޫފް އާއި މުހައްމަދު ނޫރައްދީންގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އެހެން ނަމަވެސއ އެދެމީހުންގެ މައްޗަށްވެސް ކުށއ ސާބިރު ނުވާކަމަށަ ވަނީ ނިންމާފައެވެ.
ފުލުހުން ކުށްލިއަކަށް މި 3 މީހުން ހައްޔަރު ކުރުމާއި ގުޅިގެން ގިނަ ބަޔަކު ބުނަމުން ދަނީ، މިއީ އެހެން މައްސަލައަކާއި ގުޅިގެން، ނުވަތަ ލީކުވެފައިވާ ވީޑިއޯތަކުގެ ފޯކަސް ބަދަލުކޮށްލުމަށް، ހައްޔަރުކުރެވޭނެ އިތުރު ގޮތެއް ނެތުމުން، އެމީހުންގެ ބޮލުގައި އިލްޒާމެއް އެޅުވުމަށްފަހު ރާވައިގެން ކުރި ކަމެއް ކަމަށެވެ. މިކަމާ ގުޅިގެން ފުލުހުންގެ އިދާރާއަށްވަނީ ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައެވެ.