ޚަބަރު

ކުއްލި މައްސަލަ ބަލައިނުގަތީ އާއިލީ ކުޅިވަރަކަަށް ވީމަ؟: މޮސްޓާ

ފާއިތުވެދިޔަ ހަފްތާގެ ތެރޭގައޮ އާންމުވެފައިވާ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކާއި ގުޅޭގޮތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބަލައިނުގަތުމުން، މައްސަލަ ހުށަހެޅުއްވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

މި މައްސަލަ ހުށައެޅުމާއެކު މައްސަލަ ބަލައިނުގަނެ، ރައީސް ނަޝީދު ވިދާޅުވީ، އެ ފޮޓޯތަކުގެ ސައްޙަކަން ކަށަވަރުވެފައި ނުވާ ކަމަށާއި އެހެންކަމުން ބައެއްގެ މައްޗަށް ކުރެވޭ ތުހުމަތެއްގެ މައްޗަށް މަޖިލީހުގައި ވާހަކަދައްކަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

މިކަމާ ގުޅިގެން މެންބަރު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ، ކުއްލި މައްސަލަ ބަލައި ނުގަތީ، ލިވާތު ކުރުމަކީ ރައީސް ނަޝީދުގެ އާއިލީ ކުޅިވަރަކަށް ވީމަތޯ ސުވާލު ކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްލައާއި ގުޅޭ އިތުރު ކުއްލި މައްސަލައެއް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބްރައީސް އަޙްމަދު ޝިޔާމްވެސް ވަނީ މަޖްލީހަށް ހުށައަޅުއްވާފައެވެ. އެހެން ނަމަވެސް މީގެން އެއްވެސް މައްސަލައެއް މަޖްލީހުގެ ރިޔާސަތުން ބަލައިގަނެފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button