ޚަބަރު

ރިލްވާންގެ މައުލޫމާތު ދޭ ފަރާތަކަށް ބޮޑު އިނާމެއް!

ގެއްލިފައިވާ މ.ޝައިނިންގ ސްޓަރ އަހުމަދު ރިލްވާން އަބްދުﷲ ވީނުވިއެއް ނޭނގި ގެއްލިފައިވާ މައްސަލާގައި ރިޔާސީ ކޮމިޝަނުން ތައްޔާރު ކޮއްފައިވާ ރިއެނެކްމެންޓް ވީޑިއޯއެއް އާމުކޮށް، މިކަމާގުޅޭ އިތުރު މައުލޫމާތު އެނގޭ ފަރާތްތަކުން މަރު ކޮމިޝަނާއި އެމައުލޫމާތުތަށް ހިއްސާކުރުމަށް އެކޮމިޝަނުން އެދިއްޖެއެވެ.

މަރު ކޮމިޝަނުން މިއަދު އާންމު ކޮށްފައިވާ ވީޑިއޯއަކީ ރިލްވާން ގެއްލުނު ރޭ ކަންހިގާދިޔަ ގޮތްކަމަށް ލަފާކުރެވޭ ގޮތަށް ކުޅެފައިވާ ވީޑިއޯއެކެވެ. މި ވީޑިއޯގައި ބުނެފައި ވަނީ ރިލްވާނަށް ގެއަށް ދެވޭނެ ކަމަށް ލަފާކުރެވެނީ 01:45 ހާއިރު ކަމަށެވެ. އޭރު އޭނާގެ ފްލެޓް ކައިރީ ރަތްކުލައިގެ ކާރެއް މަޑުކޮށްފައި އޮވެއެވެ. އަދި ފްލެޓް ކައިރިއަށް ރިލްވާން ދެވުމާއެކު ގަދަކަމުން އެކާރަށް އޭނާ އަރުވާ މަންޒަރު ކުޅެފައިވާ ވީޑިއޯއިން ފެނެއެވެ.

މީގެ އިތުރުން ރިލްވާން ގެއްލުވާލި މައްސަލައިގެ މައުލޫމާތު އެނގޭ ބައެފަރާއްތައް ތިބެދާނެ ކަމަށް ރިޔާސީ ކޮމިޝަނަށް ގަބޫލު ކުރެވޭ ކަމަށާއި ޝަރީއަތަށް ސާބިތުކުރެވޭވަރުގެ މައުލޫމާތު ފޮރުކޮށްދޭ ފަރާތަކަށް 500،000 ރުފިޔާގެ އިނާމެއްވެސް ވަނީ ހުށަހަޅާފައެވެ. އަދި މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށްޓަކައި 7233762 އަކަށް ގުޅުއްވުމަށް އެ ކޮމިޝަނުން އެދިފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button