ޚަބަރުސިޔާސީ

އާންމުންގެ ކަންބޮޑުވުންތަކާ ގުޅޭ ކަންކަމުގެ ފޯކަސް ގެއްލުވާލުމަކީ ސަރުކާރުން ގެންގުޅޭ އުކުޅެއް: މާއިލް

ެއާންމުންގެ ކަންބޮޑުވުންތަކާއި ގުޅޭ ކަންކަމުގެ ފޯކަސް ގެއްލުވާލުމަކީ ސަރުކާރުން ގެންގުޅޭ އުކުޅެއް ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު ހަސަން މާއިލް އަލީ ވިދާޅުވެއްޖެއެވެ.

މާއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާންމުންގެ ކަންބޮޑުވުންތަކާއި ގުޅޭ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަކީ މިފަދަ ކަންކަމުގައި ސަރުކާރުން މައިގަނޑުގޮތެއްގައި ބޭނުންކުރާ އުކުޅުކަމަށެވެ. އަދި މިއީ ސައްތައިން ސައްތަ މުސްލިމް މުޖުތަމައެއްގައި ސަރުކާރުގެ އިސްވެރިން ހިންގާ ފާހިޝް މުންކަރާތްތައް ފޮރުވަން ކުރާ ކަމެއް ކަމަށާއި، މިފަދަ އުކުޅުތައް މާގިނަދުވަހު ބޭނުންނުކުރެވޭނެކަމަށް މާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން މާއިލް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ލިވާތާއި ފާހިޝް މުންކަރާތްތަކުން ފުރިގެންވާ ސަލާމަތުގެ އައްސޭރިއަކަށް ދިވެހިން ދާކަށް ބޭނުންނުވާ ކަމަށާއި، ދިވެހިން ބޭނުންވަނީ ސާދާ ރިވެތި އިސްލާމީ ބަނދަރެއްކަމަށެވެ. އަދި އެބަނދަރަކީ އެއްބައިވަންތަކަމާއި، ސުލްހަމަސަލަސްކަން އޮތް އިޖްތިމާއީ ފޭރާން ޗާލު އުޖާލާ ފަތިހަކަށް އިރުއަރާނެ ބަނދަރެއް ކަމަށް ވިދާޅުވިއެވެ.

މާއިލް މިފަދައިން ވިދާޅުވެފައިމިވަނީ ލީކުވެފައިވާ ފޮޓޯތަކާއި ވީޑިއޯތަކާއި ގުޅިގެން، އެކަމުގެ ފޯކަސް ގެއްލުވައިލުމަށް އަނެއްކާވެސް ގެއްލިފައިވާ ދެނޫސްވެރިން ކަމަށްވާ އަޙްމަދު ރިލްވާން އާއި ޔާމީން ރަޝީދުގެ މަރުގެ ތަހުގީގު ފަށާފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލައިގައި މިހާރު އިތުރު 3 މީހަކު ހައްޔަރު ކުރެވިފައިވާއިރު، ލީކުވެފައިވާ ވީޑިއޯތަކުގެ މައްސަލައިގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރެވިފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button