ކޮތަރު ކޮށި ޖަމްއިއްޔާގެ މެންބަރު އިސޫ ހައްޔަރު ކޮށްފި

ކޮތަރު ކޮށި ޖަމިއްޔާގެ މެންބަރު އިސްމާއިލް އަބްދުލްރަހީމް (އިސޫ) ދާދި ދެންމެއަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
އިސޫ ހައްޔަރުކޮށްފައިވަނީ ކާނިވާ ސަރަހައްދުގައި ހުންނަ ސްޕައިސް ހަޓުގައި ސައިބޯން ހުއްޓައެވެ.
އިސޫ ހައްޔަރު ކުރަން ރާވައިފައި އޮތީ ގޭގެ ދޮރު ވައްޓަލައިގެންނެވެ. އެކަމަކު ކޯޓު އަމުރުގެ މުއްދަތު ހަމަވާތީ އޭނާ ހުރި ތަނަކުން ހޯދީ ކަމަށް އިތުބާރު ހުރި މަސްދަރަކުން ވަނީ ކަށަވަރުވެފައެވެ.
އެނގިފައިވާގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައާ ގުޅުވައެވެ. އިސޫ ހައްޔަރު ކުރުމަށް އިއްޔެވެސް ފުލުހުން ވަނީ މަސައްކަތް ކޮށްފައެވެ. އަދި އެ ހަބަރު ލިބުމާއެކު އޭނާ ވަނީ ރޭ ފުލުހުންގެ އިދާރާއަށް އަމިއްލައަށް ހާޒިރުވެފައެވެ. އެކަމަކު ފުލުހުން ރޭ އޭނާ އާއި ހަވާލެއް ނުވެއެވެ.
ކޮތަރު ކޮށި ޖަމްއިއްޔާގެ މެންބަރު އިސޫ @iIsu03 ދާދި ދެންމެއަކު ހައްޔަރުކޮށްފި. އޭނާ ހައްޔަރުކުރީ ގެއްލުވާލި ނޫސްވެރިޔާ އަހުމަދު ރިޟްވާނުގެ މައްސަލައާ ގުޅުވައި. އިސޫ ބުނަނީ އޭނާ ހައްޔަރު ކުރީ ޔޯގާ ހަރަކާތާ ދެކޮޅަށް ޓުވީޓު ކުރާތީ މައްސަލައިގެ ފޯކަސް ގެއްލުވާލަން ކަމަށް pic.twitter.com/5uwEUugGbo
— Ibrahim Saeed (@icade__) June 26, 2022
އިސޫ ބުނާގޮތުގައި އޭނާ ހައްޔަރު ކުރީ ޔޯގާ ހަރަކާތުގެ މައްސަލައިގައި ސަރުކާރަށް ފާޑުކިޔައި ޓުވީޓު ކުރާތީ އެ މައްސަލައިގެ ފޯކަސް ގެއްލުވާލުމުގެ ގޮތުންނެވެ.