ޚަބަރުސިޔާސީ

ނަރީޝްގެ ރައްދެއް ނަޝީދަށް

އެމްޑީޕީއިން މި ގައުމު ބަދަލުކޮށްފިކަމުގައި ވިދާޅުވެ މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދް ނަރީޝް އެމްޑީޕީގެ ރައީސް އަދި މަޖިިލިސް ރައީސް މުހައްމަދު ނަޝީދަށް ރައްދުދެއްވައިފިއެވެ.

އެމްޑީޕީގެ އަހަރީ ދުވަހާއި ގުޅުވައިގެން ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދިވެހި ރާއްޖެ އެންމެ ބޮޑަށް ބަދަލު ކުރި ޕާޓީ އަކީ އެމްޑީޕީ ކަމަށެވެ.

ނަޝީދުގެ ޓްވީޓު ”ކޯޓް ޓްވީޓް“ ކުރައްވަމުން ނަރީޝް ވިދާޅުވީ އެމްޑީޕީއިން މި ގައުމު ބަދަލުކޮށްފި ކަމަށާއި ރަސޫލާއާއި އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކޮށް އެއްޖިންސުން ގުޅުން ހިންގާ ގުރޫޕް ހަދައިގެން ފާހިޝް އަމަލްތައް ހިންގުން މިއަދު މިގައުމުގައި އާއްމުކަމަކަށް ހަދައިފިކަމަށެެވެ.

ނަރީޝް ވިދާޅުވީ އެމްޑީޕީން މިފަދަ ފާހިޝް އަމަލުތައް ކުރާ ފަރާތްތަކަށް ގާނުނީ ރައްކާތެރިކަން ހޯދައިދީ ދީނަށް ފުރައްސާރަކުރި މީހުންނާއި ފާހިޝް އަމަލުތައް ފާޅުގައި ހިންގާ މީހުން ދައުލަތުގެ ބޮޑުންނަށް ހަދައިފިކަމަށެެވެ.

ނަރީޝްގެ ޓްވީޓްގައި އިންޑިއާގެ ނުފޫޒު ރާއްޖެއަށް އޮތް މިންވަރަށް ވެސް އަލިއަޅުވައިލާފައިވެއެވެ. އެކަމާއި ގުޅިގެން ނަރީޝް ވިދާޅުވީ މިގައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގާލާ އަޅުވެތިކޮށްފިކަމުގައެވެ.

ނަރީޝް އިތުރަށް ވިދާޅުވީ އަދުލު އިންސާފަކީ ލިބެން ނެތް އެެއްޗަކަށް ހަދައި ދިވެހި ފައިސާ ޗާޕްކޮށް، ފައިސާ ޓިޝޫ ޕޭޕަރަށް ހަދައި ގައުމު ބަނގުރޫޓު ކޮށްލައިފިކަމަށެެވެ.

ނަރީޝް އެމްޑީޕީއަށް މިހާބޮޑަށް ފާޑުވިދާޅުވެފައިމިވަނީ އެމްޑީޕީގެ އިސްވެރިންތަކެއް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާންމުވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެތެރޭގައި ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސެއިން ޝަހީމް ( އަނދުން ހުސެން ) އަދި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހިމެނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button