ޚަބަރުސިޔާސީ

ވީޑިއޯތައް ސައްހަ ވެއްޖެ ނަމަ ވަރުގަދަ ގަރީނާއަކަށް ވާނެ: ޖަމީލު

އެއް ޖިންސުން ގުޅުން ހިންގަނިކޮށް ލީކުވެފައިވާ ވީޑިއޯތަކުގެ ސައްހަކަން ޝަރީއަތަށް ސާބިތުވެއްޖެ ނަމަ، އެ ވާނީ ވަރުގަދަ ގަރީނާ ހެއްކަކަށް ކަމުގައި ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލު ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ އެޑްވައިޒަރުކަން ވެސް ކުރައްވަމުން އަންނަ ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމީ ޝަރީއަތަށް އެއީ ސައްހަ ވީޑިއޯއެއް ކަމަށް ސާބިތުވެއްޖެ ނަމަ އެ ވީޑިއޯ ވާނީ ސައްހަ ވަރުގަދަ ގަރީނާ ހެއްކަކަށް ކަމުގައެވެ. އަދި އެ ހާލަތުގައި ތައުޒީރުކުރެވޭނެ ކަމަށާއި، ކުށުގެ ބާވަތުން ތައުޒީރު، ހައްދައްވުރެ ހަރުކަށިވެސް ވެދާނެ ކަން ޖަމީލު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި އެފަދަ ކުށަކަށް ރާއްޖޭގައި ތައުޒީރީ އަދަބުވެސް ދެވެއެވެ.

އެއް ޖިންސުން ގުޅުން ހިންގަނިކޮށް ލީކުވެފައިވާ ވީޑިއޯތަކުގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު އާއި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހީމްގެ ވީޑިއޯތައް ހިމެނެއެވެ. އެ ދެމީހުންވެސް ޓުވިޓަރ އަދި ފޭސްބުކް ބޭނުންކުރުން ހުއްޓާލާފައިވާއިރު، ހެންވާރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ބަރަހަނާ ހާލުގައި އަންހެނަކާއި ފިރިހެނަކާއެކު އޮންނަ ފޮޓޯއެއްވެސް އާންމުވެފައިވެއެވެ. އަދި އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ކަމަށް ބެލެވޭ މީހަކު ބަރަހަނާ ހާލުގައި ހުރެ ފިރިހެނެއްގެ ފަލަމަސްގަނޑާ ދިމާލުން މަތީގައި ތެޔޮ ދަމާ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ. ފަލާހު ފޯނު ނުނުގެމުގެ ސަބަބުން އޭނާގެ ބަހެއް ލިބިފައިނުވާއިރު ނަސީރު އާއެއްކޮށް ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވެނީ ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ސަލީމަށެވެ. ސަލީމްވެސް ފޯނު ނުނެގުމުގެ ސަބަބުން އޭނާގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button