ޚަބަރުސިޔާސީ

ވަޒީރާއި މެންބަރު ކަރަންޓީނަށް ނުލައި ބެހެއްޓުމުން އާންމުން ކޯވިޑުގެ ނުރައްކަލަށް ހުށަަހެޅޭނެ: ޝަކީލު

ށ.ކޮމަންޑޫ ގެއެއް މޮނިޓަރިން އަށް ލާފައިވަނިކޮށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އާއިޝަތު އަލީ އާއި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒެއިނާ އާދަމް އެ ގެއަށް ވަތް މައްސަލައިގައި ޕީޕީއެމްގެ ކުރީގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ޝަކީލު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝަކީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމަންޑޫން މީހުންތަކެއް ކޮވިޑަށް ޕޮސިޓިވްވެ މޮނިޓަރިންގ އަށް ލާފައިވާ ގެޔަކަށްވަދެ އެގޭގެ މީހުންނާއެކު ގިނަ ވަގުތު ތަކެއް މިނިސްޓަރ އައިޝަތު އަލީގެ އިތުރުން މެންބަރު ރޮޒޭނާ ހޭދަކުރެެއްވި ކަމުގައެވެ. 

ޝަކީލް ފާހަގަކުރެއްވިގޮތުގައި އެ ދެ ބޭފުޅުން ކަރަންޓީނަށް ނުލައި ބަހައްޓާ ކޮންމެ ދުވަހަކީ ކޮވިޑްގެ ނުރައްކަލަށް ރައްޔިތުން ހުށަހެޅޭ ދުވަހެކެވެ. 
ސްކޫލް ދަރިވަރުންނާއި ބެލެނިވެރިން ކޮވިޑުން ރައްކާތެރިވުމަށް މިނިސްޓަރ އާއިޝަތު އަޑުހަރުކޮށް ވިދާޅުވެފަ އެ ކުރެއްވީ ކީއްތޯވެސް ޝަކީލް ވަނީ ސުވާލު ކުރައްވާފައެވެ.
”ކިހިނެއް ތިހަދަނީ؟ އަހަރުން އަބަދުވެސް މި ކިޔަނީ ކޮވިޑު މިއީ އޮޕޮޒިޝަންގެ ކެމްޕެއިން ހުއްޓުވަން އެޗްޕީއޭ މައިމޫނާ ބޭނުންކޮށްގެން ސަރުކާރުން ހިންގާ ޖަރީމާއެކޭ.“ ޝަކީލް ވިދާޅުވިއެވެ. 

ހުސްވެފައިވާ ރައްޔިޔުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީ އާއި ޕީޕީއެމުން އަންނަނީ ވަރަށް ފޯރިގަދަ ކެމްޕެއިނެއް ކުރަމުންނެވެ. އެ ދާއިރާގެ ގޮނޑި ހުސްވީ ކެންސަރު ބަލީގައި މެންބަރު ހުސެއިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button